Article Top
ވިޔަފާރި •

ޤަވާއިދާ ޚިލާފުވުމުން އެމްއެސް ފައިނޭންސް 5 ލައްކަ އިން ޖޫރިމަނާކޮށް، ލައިސަންސް ހިފަހައްޓައިފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ޤަވާއިދާ ޚިލާފުވުމުން އެމްއެސް ފައިނޭންސް 5 ލައްކަ އިން ޖޫރިމަނާކޮށް، ލައިސަންސް ހިފަހައްޓައިފި

އެމްއެސް ފައިނޭންސް ކަރަންސީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑު - ފޮޓޯ/ ސޯޝަލް މީޑިއާ.

ބޭރު ފައިސާ މާަރުކުރުމުގެ ޤަވާއިދާ ޚިލާފުވުމުން އެމްއެސް ފައިނޭންސް ކަރަންސީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑު 500،000 (ފަސް ލައްކަ) ރުފިޔާ އިން ޖޫރިމަނާ ކުރުމާ އެކު، އެ ކުންފުންޏަށް ދޫކޮށްފައި އޮތް ލައިސަންސް ވެސް ހިފަހައްޓައިފި އެވެ.

އެމްއެސް ފައިނޭންސް އަކީ ރާއްޖޭގައި ބޭރު ފައިސާ މާރުކުރުމުގެ މުއާމަލާތް ކުރަމުން އަންނަ އެންމެ ބޮޑު އެއް ކުންފުންޏެވެ. އެ ކުންފުނިން ބޭރު ފައިސާ މާރުކުރުމުގެ ޤަވާއިދާ ޚިލާާފުވުމުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަނީ އެ ކުންފުންޏާ ދެކޮޅަށް ފިޔަވަޅު އަޅައިފަ އެވެ. އެމްއެމްއޭ އިން އެ ކުންފުންޏާ ދެކޮޅަށް ސުޕަވައިޒަރީ ފިޔަވަޅު އަޅާފައި ވަނީ އާދީއްތަ ދުވަހު އެވެ.

Advertisement
Article Inside

ދާދި ފަހުން ތަސްދީޤުކޮށް، އަމަލު ކުރަން ފެށި ބޭރު ފައިސާއާ ބެހޭ ޤާނޫނުގެ ދަށުން ޤަވާއިދާ ޚިލާފަށް ބޭރު ފައިސާ މާރުކުރުމުގެ މުއާމަލާތް ކުރަމުން އަންނަ ކުންފުނިތަކާ ދެކޮޅަށް ފިޔަވަޅު އަޅާފައިވެ އެވެ. އަދި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާ މާރުކުރުމުގެ މުއާމަލާތް ކުރަމުން އަންނަ އާންމު ފަރުދުން ވެސް ވަނީ ހައްޔަރުކޮށްފައި އެވެ. އޭގެ ތެރޭގައި ގިނައިން ހައްޔަރުކޮށްފައި ވަނީ ރާއްޖޭގައި މަސައްކަތްް ކުރާ ބިދޭސީންނެވެ.

ރާއްޖޭގައި އޮތް ޑޮލަރުގެ ކަޅު ބާޒާރު ނައްތާލައި، ރަސްމީ ރޭޓުގައި ޑޮލަރު ގަނެވޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ސަރުކާރާއި ކަމާ ގުޅުންހުރި އިދާރާ ތަކުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ޤަވާއިދާ ޚިލާފަށް ބޭރު ފައިސާ މާރުކުރުމުގެ މުއާމަލާތް ކުރާ ފަރާތްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް ވަނީ ހާމަކޮށްފައި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް