Article Top
ޚަބަރު •

ފޮރިން މިނިސްޓަރު އިރުތިޝާމް، އިރާޤުގެ ފޮރިން މިނިސްޓަރާ ބައްދަލު ކުރައްވައިފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ފޮރިން މިނިސްޓަރު އިރުތިޝާމް، އިރާޤުގެ ފޮރިން މިނިސްޓަރާ ބައްދަލު ކުރައްވައިފި

ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އިރުތިޝާމް، އިރާޤުގެ ފޮރިން މިނިސްޓަރު ފުއާދު އާއެކު ބޭއްވެވި ބައްދަލުވުމުގެ ތެރެއިން.

ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް، އިރާޤުގެ ފޮރިން މިނިސްޓަރު ފުއާދު ޙުސެއިންއާ ބައްދަލު ކުރައްވައިފި އެވެ.

އާދީިއްތަ ދުވަހު ފޮރިން މިނިސްޓަރު އިރުތިޝާމް އާއި، އިރާޤުގެ ފޮރިން މިނިސްޓަރު ފުއާދު ބައްދަލު ކުރައްވާފައި ވަނީ އެ ޤައުމުގައި ކުރިއަށް ދިޔަ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ފޮރިން މިނިސްޓަރުންގެ 52 ވަނަ ބައްދަލުވުމުގެ ހަވާސާގައި އެވެ.

Advertisement
Article Inside

އިރާޤުގެ ފޮރިން މިނިސްޓަރު ފުއާދު އާއެކު ބޭއްވެވި ބައްދަލުވުމުގައި ފޮރިން މިނިސްޓަރު އިރުތިޝާމް ވަނީ، ޗެއާ އޮފް ފޮރިން މިނިސްޓާސް (ސީއެފްއެމް)ގެ ޗެއާމަންކަމާ އިރާޤުން ހަވާލުވެ ވަޑައިގަތުމާ ގުޅިގެން މަރުޙަބާ ދަންނަވައިފަ އެވެ. އަދި ދިވެހިރާއްޖެ އާއި އިރާޤާ ދެމެދު އޮތް ގުޅުން ބަދަހިކޮށް، ދެ ޤައުމުގެ މަސްލަހަތު ހުރި ދާއިރާ ތަކުން އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަން ވެސް އެކަމަނާ ވަނީ ދެއްވައިފަ އެވެ.

އިރާޤުގެ ވެރިރަށް ބަޣުދާދުގައި ކުރިއަށް ދިޔަ އޯއައިސީގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު އިރުތިޝާމް ވަނީ ތަޤުރީރު ވެސް ކުރައްވައިފަ އެވެ. އެކަމަނާގެ ތަޤުރީރުގައި ވަނީ ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމު ކުރުމަށް ގޮވާލެއްވުމާ އެކު، އިސްލާމީ އުންމަތް އެއްބައިވަންތަކަމާ އެކު މަސައްކަތް ކުރުމަށް ވެސް ގޮވާލައްވައިފަ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް