Article Top
ކުޅިވަރު •

ހޭންޑްބޯޅަ އިންޑޯ ކޯޓުގެ މަސައްކަތް ވަރަށް އަވަހަށް ނިމޭނެ: މިނިސްޓަރު ރާފިއު

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

ހޭންޑްބޯޅަ އިންޑޯ ކޯޓުގެ މަސައްކަތް ވަރަށް އަވަހަށް ނިމޭނެ: މިނިސްޓަރު ރާފިއު

"އަހާ ފޯރަމް" ގައި މިނިސްޓަރު ރާފިއު -- ފޮޓޯ/ސްޕޯޓްސް މިނިސްޓރީ

މާލޭގައި ތަރައްގީކުރަމުން އަންނަ އިންޑޯ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް މާ ލަސްތަކެއް ނުވެ، ވަރަށް އަވަހަށް ނިންމާލެވޭނެ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ.

"އަހާ ފޯރަމް" ގައި ގައުމީ ހޭންޑްބޯޅަ ޓީމުގެ ކުޅުންތެރިޔާ އަޙްމަދު ސައިފް ނައީމް ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މިހާރު އެ ކޯޓުގެ ފްރޭމްވޯކްގެ މަސައްކަތް މުޅިންހެން ނިމިފައިވާއިރު، ސާފޭސްއަށް ބޭނުންވާ ޕޭމަންޓުގެ މަސައްކަތްވެސް ވަނީ ނިންމާލާފަ އެވެ. އަދި މި ކޯޓުގެ މަސައްކަތް މުޅިން ނިމުމުން، ތަމްރީނުތަކާއި މުބާރާތްތައް ބޭއްވުމުގައި ހޭންޑްބޯޅަ ކުޅުންތެރިންނަށް ދިމާވެފައިވާ ދަތިތަކަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

Advertisement
Article Inside

އިންޑޯއަކަށް ބަދަލުކީމާ ވަރަށް ބައިވަރު އެޑްވާންޓޭޖް އަޅުގަނޑުމެންނަށް އެބަލިބޭ. އަޅުގަނޑުމެން ޕްލޭންކުރީ މިދިޔަ އަހަރު އެ މަސައްކަތް ނިންމާލަން. ނަމަވެސް ދިމާވި ބައެއް މައްސަލަތަކާހެދި ލަސްވެގެންދިޔައީ. އެކަމަކު އިރާދަކުރެއްވިޔާ މިހާރު އެތާނގެ ފްރޭމްވޯކް އެއްކޮށް އެނިމެނީ. އެތަނުގެ ސާފޭސްއަށް ބޭނުންވާ ޕޭމަންޓުވެސް ހަދައި ނިންމައިފިން. އެހެންވީމަ އުއްމީދުކުރަނީ އެތަން ވަރަށް އަވަހަށް ނިމިގެންދާނެކަމަށް.

މީގެ އިތުރުން، ސަރުކާރުން މާލެ ސަރަހައްދުގައި ގާއިމުކުރަން ނިންމާފައިވާ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްތަކާއެކު ވެސް، ހޭންޑްބޯޅަ ހިމެނޭހެން ގިނަ ކުޅިވަރުތަކަކަށް ސްޓޭންޑާޑް ސައިޒަށް ކޯޓު ލިބުމުގެ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މި މަޝްރޫޢުގެ ދަށުން މާލޭ ހޭންޑްބޯޅަ ކޯޓު ހިޔާކޮށް، ލައިޓިން ސިސްޓަމް ހަރުކުރުމުގެ އިތުރުން ގިނަ ބަޔަކަށް މެޗުތައް ބަލަން ތިބެވޭނެ ޖާގަ ވެސް ގާއިމުކުރެވިގެންދާނެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް