ޚަބަރު

މިފްކޯއިން މަސް ގަންނަ އަގު 21 ރުފިޔާއަށް

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

މިފްކޯއިން މަސް ގަންނަ އަގު 21 ރުފިޔާއަށް

މިފްކޯއަށް މަސް ކިރަނީ -- ފޮޓޯ/ އަދަދު

ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)އިން މަސްވެރިންގެ އަތުން ކަޅުބިލަމަސް ގަންނަ އަގު މިއަދު 21 ރުފިޔާއަށް ބޮޑުކޮށްފިއެވެ.

އެ ކުންފުނިން ބުނީ މި ބަދަލަކީ މިހާރު މަސްވެރިކަމުގެ ސިނާއަތުގައި ޑިމާންޑާއި ސަޕްލައި އޮތް މިންވަރާ ގުޅުވައި ގެނައި ބަދަލެއް ކަމަށާއި، މިއީ އާންމު މަސްވެރިންނަށް އިންސާފުވެރި ބަދަލަކާއި ދެމެހެއްޓެނިވި ދިރިއުޅުމެއް ހޯދައިދިނުމަށް ސަރުކާރުން ވަމުންދާ ވައުދުތަކާ ގުޅޭ ބަދަލެއް ކަމަށެވެ.

އެގޮތުން ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް(ކޭއެފްސީ) ޖެޓީއާއި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް (އޭއެފްސީ) ޖެޓީއާއި ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް (އެފްއެފްސީ) ޖެޓީގެ އިތުރުން ރަންދި-20، ރަންދި-23، ރަންދި-25، ރަންދި-29 އަދި ކަލަމިންޖާ-401 ބޯޓުން ވެސް މިއަދު މަސް ގަންނަމުން ދާނީ ކަޅުބިލަމަސް ކިލޯއެއް 21 ރުފިޔާގެ ރޭޓުން ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.

މިދިޔަ ޖޫން މަހުން ފެށިގެން މިފްކޯއިން މަސް ގަންނަމުން ދިޔައީ 20 ރިފިޔާއަށެވެ. އަދި އެ ކުންފުނިން އަންނަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަމާޒާ އެއްގޮތަށް މަސް ކިރާތާ 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ރުފިޔާަ ދެމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް