17 ވަނަ ގައުމީ އޯޕަން ވޯޓާ ފެތުމުގެ މުބާރާތް ކާމިޔާބު؛ އެއްވަނަ ޝައިމް އާއި އަލްޔާ އަށް
ލިޔުންތެރިޔާ
5 ކިލޯމީޓަރުން އެއްވަނަ ޝައިމް އާއި އަލްޔާ -- ފޮޓޯ/ މޯލްޑިވްސް އެކުއޭޓިކް
މޯލްޑިވްސް އެކުއަޓިކްސްއިން ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ ފެތުމުގެ މުބާރާތް 2026 ކާމިޔާބު ކަމާއެކު ނިންމާލި އިރު، 5 ކިލޯމީޓަރު ބައިން އެއްވަނަ ޝައިމް ހުސައިން އިބްރާހީމް އާއި އަލްޔާ އަޝްރަފް ހޯދައިފި އެވެ.
ކުޑަގިރީގައި ކުރިއަށްދިޔަ ގައުމީ ދިގު ފެތުމުގެ މުބާރާތުގައި 5 ކިލޯމީޓަރުގެ ގައުމީ ބަޔާއި، ޖޫނިއާ ބަޔާއި، މާސްޓާސް ޗެލެންޖާއި، އޯޕަން ބައިގެ އިތުރުން ވާދަވެރި މިކްސް ރިލޭ މުބާރާތްތައް ކުރިއަށްދިޔަ އެވެ.
މުބާރާތުގެ އެންމެ ފާހަގަކޮށްލެވޭ 5 ކިލޯމީޓަރު ގައުމީ ބައިގެ ފިރިހެން ގައުމީ ޗެމްޕިއަންކަން ޝައިމް ހޯދި އިރު، ދެވަނަ ހޯދީ ޔޫސުފް ޒިޔާން ޒާހިދެވެ. އަދި ތިންވަނަ ހޯދީ އަހުމަދު މަންހަލް އަޒީމެވެ. މި ބައިގެ އަންހެން ބައިގެ ގައުމީ ޗެމްޕިއަންކަން އަލްޔާ ހޯދިއިރު، ދެވަނަ ހޯދީ ލައިބާ ހަސަން މަނިކެވެ.

ޖޫނިއާ ޗެމްޕިއަން ޔުއާން އަދި އައިރާ -- ފޮޓޯ/ މޯލްޑިވްސް އެކުއޭޓިކް
ގައުމީ ޖޫނިއާ ބައިގައި، 3 ކިލޯމީޓަރު ފިރިހެން ބައިން ޗެމްޕިއަންކަން ހޯދީ އިބްރާހީމް ޔުއާން ޝަމީމް އެވެ. ދެވަނައަށް ދިޔައީ މީކާއީލް ލާއިލް އަބްދުލް އަލީމެވެ. އަދި ތިންވަނަ ހޯދީ އިސްމާއިލް ޒިވާން މުހައްމަދެވެ. އަންހެން ބައިން ޗެމްޕިއަންކަން މަރިޔަމް އައިރާ ޝިރްނީލް ހޯދިއިރު، ދެވަނަ ހޯދީ އާމިނަތު ޝިޔުމް ޝިހާމެވެ. އަދި ތިންވަނަ ހޯދީ އާއިޝަތު ޒޯހާ އަބްދުﷲ ނަސީމެވެ.
މާސްޓާސް އަދި އޯޕަން ޗެލެންޖް 3 ކިލޯމީޓަރު ބައިގެ ވަނަތަކަށް ބަލައިލާއިރު، އެއްވަނައަށް ދިޔައީ މުހައްމަދު އާމިރެވެ. އަހުމަދު އާތިފް ދެވަނައަށް ދިޔައިރު، ތިންވަނައަށް ދިޔައީ ހުސައިން ޝަމީމް އެވެ.
އެއް ކިލޯމީޓަރުގެ އޯޕަން ސްވިމް ޗެލެންޖްގެ ފިރިހެން ބައިން އެއްވަނަ ހޯދީ މުހައްމަދު މިންއާމް އަބްދުލް މުހައިމިން އެވެ. ހޫދު މަމްދޫހު ދެވަނައަށް ދިޔައިރު ތިންވަނަ ހޯދީ މުހައްމަދު އަޒާން އިސްމާއީލެވެ. އަންހެން ބައިގެ އެއްވަނަ ހައްވާ އައިން ހަސަން ފައްޔާޒް ހޯދިއިރު މަރިޔަމް ކިންޒާ އަހުމަދު ވަނީ ދެވަނަ ހޯދައިފަ އެވެ. އަދި ތިންވަނައަށް ދިޔައީ އާއިޝަތު އައިޝްކާ ސަމީރެވެ
މުބާރާތުގެ ފަހުބަޔަކަށް އޮތް 4 ކިލޯމީޓަރުގެ މިކްސް ރިލޭ ގައި އެއްވަނަ ހޯދީ މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަންގެ ޓައިޑް ބްރޭކާސް އެވެ. ދެވަނަ ލިބުނީ ޓީމް އޭ-ކްލަބް ބޮޑުރިޔާ އަށެވެ. އަދި ތިންވަނަ ހޯދީ މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަންގެ ބޯވާ ސްކޮޑް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް