Article Top
ވިޔަފާރި •

އޮންލައިންކޮށް ވިޔަފާރި ކުރުމުގައި މިހާރު މައްސަލައެއް ދިމާ ނުވާނެ: މިނިސްޓަރު ސައީދު

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

އޮންލައިންކޮށް ވިޔަފާރި ކުރުމުގައި މިހާރު މައްސަލައެއް ދިމާ ނުވާނެ: މިނިސްޓަރު ސައީދު

ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ސައީދު ވާހަކަ ދައްކަވަނީ.

އޮންލައިންކޮށް ވިޔަފާރި ކުރުމުގައި އާންމު ރައްޔިތުންނަށް ދިމާވި މައްސަލަތައް މިހާރު ދިމާ ނުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ސައީދު މިހެން ވިދާޅުވީ އަންގާރަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެވެ. އެގޮތުން މިނިސްޓަރު ސައީދު ވިދާޅުވީ، ޑޮލަރުގެ މައްސަލައާ ގުޅިގެން އޮންލައިން ވިޔަފާރި ނުވަތަ އީކޮމާސްގެ ދާއިރާގައި ބައެއް ކަހަލަގެ ދަތިތައް ދިމާވި ކަމަށެވެ.

Advertisement
Article Inside

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ދިމާވި ހީނަރުކަމާ ގުޅިގެން އެކި ކަހަލަ މައްސަލަ ދިމާވި ނަމަވެސް، ބީއެމްއެލް އިން އެކަން ވަރަށް ރަނގަޅަށް މެނޭޖުކޮށްފައިވާ ކަމަށް މިނިސްޓަރު ސައީދު ފާހަގަ ކުރެއްވި އެވެ. ބީއެމްއެލް އިން މިހާރު މައުލޫމާތު ދޭ ގޮތުގައި، މީގެ ކުރިން ދިމާވި މައްސަލަތައް މިހާރު ދިމާ ނުވާނެ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

އެގޮތުން ޓީޓީ ހަދައިދިނުމާއި، ބޭރު ފައިސާ ދޫކުރުމުގައި ވެސް ދިމާވި ޙާލަތު ބަދަލުވެ، ކުރިން އޮތް ޙާލަތަށް ރުޖޫއަވާން ވަރަށް ބާރަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެ ޙާލަތު އަންނަނީ ބަދަލުވަމުން ކަމަށް މިނިސްޓަރު ސައީދު ވަނީ ވިދާޅުވެފައި އެވެ. އެކަމާ ގުޅޭ ތަފްސީލުތައް ހިއްސާކުރަމުން އަންނާނީ ބީއެމްއެލް އިން ކަމަށް މިނިސްޓަރު ސައީދު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން އެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ސައީދު ވަނީ ރާއްޖެ އަށް ބޭރު ފައިސާގެ ދަތިކަން ދިމާވި ސަބަބާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކަވައިފަ އެވެ. އެގޮތުން ކުރީގެ ސަރުކާރުތަކުން ނަގާފައިވާ ދަރަނިތައް، އަދުގެ ސަރުކާރުން އަދާ ކުރި ކަމަށާއި، އެކަމުގެ ތެރޭގައި ދިމާވި ދަތިތަކެއް ހުރި ކަމަށް ވެސް މިނިސްޓަރު ސައީދު ވަނީ ވިދާޅުވެފައި އެވެ.

ސަރުކާރުން އަންނަނީ ބޭރު ފައިސާ އާއި، އޮންލައިންކޮން ވިޔަފާރި ކުރުމުގައި ރައްޔިތުންނަށް ދިމާވަމުން އަންނަ ދަތިތައް ޙައްލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް