Article Top
ލައިފްސްޓައިލް •

އެންމެން އިންތިޒާރުކުރާ، “ކީއްވެ”ގެ އޮންލައިން ޓިކެޓު ބުކިންއަށް ހުޅުވާލައިފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

އެންމެން އިންތިޒާރުކުރާ، “ކީއްވެ”ގެ އޮންލައިން ޓިކެޓު ބުކިންއަށް ހުޅުވާލައިފި

ކީއްވެ ފިލްމުގެ ޕޯސްޓަރެއް —-

އެތައް ބަޔަކު މިހާރު އިންތިޒާރު ކުރަމުން އަންނަ ފިލްމު “ކީއްވެ”ގެ އޮންލައިން ޓިކެޓު ބުކިން އަށް ހުޅުވާލައިފި އެވެ.

އެ ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެފައި ވަނީ ޓިކެޓު ގަންނަން ބޭނުންވާ ފަރާތްތަކުން ވައިބާ މެދުވެރިކޮށް 7458800 އަށް މެސެޖު ކުރުމުން ޓިކެޓު ލިބޭނެ ކަމަށެވެ.

Advertisement
Article Inside

އަންނަ މަހުގެ 25 ވަނަ ދުވަހު މި ފިލްމު އޮލިމްޕަހުގައި އަޅުވާއިރު، މިއީ ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ ފިލްމެކެވެ. އެއީ ދިވެހިންގެ ތެރޭގައި މަޤުބޫލުކަން ހޯދާފައިވާ މޫސާ މަނިކު (ރީކޯ މޫސަ) މި ފިލްމުގެ ލީޑު ރޯލުން ފެނިގެންދާނެ އެވެ. މިއީ 25 އަހަރަށް ފަހު މޫސަ ލީޑުރޯލް ކުޅޭ ފުރަތަމަ ފިލްމެވެ.

އަނެއްކޮޅުން މި ފިލްމު ޑައިރެކްޓުކޮށްފައި ވަނީ ދިވެހިންގެ ތެރޭގައި މަޝްހޫރު ޑައިރެކްޓަރު އީޝާ ޝަރީފް އެވެ. މިއީ 22 އަހަރަށް ފަހު އީސަ ޑައިރެކްޓުކުރާ ފުރަތަމަ ފިލްމެވެ.

އީސަ ޑަރިރެކްޓުކޮށް، މޫސަ ކުޅެފައިވާަ “ފަތިސްހަނދުވަރު” ފިލްމަކީ ގިނަ ބައެއްގެ މެދުގައި މިއަދު ވެސް މަޤުބޫލު ފިލްމަކަށްވާއިރު، މިފަހަރު ދައްކާ “ކީއްވެ” ފިލްމު ފުރިހަމަވާނެ ކަމާ މެދު ޝައްކެއް ނެތެވެ.

“ކީއްވެ” ފިލްމުގެ ޓިކެޓެއް ގަނެގެން، ގުރުއަތުން ހޮވޭ ފަރާތަކަށް 4000 ރުފިޔާ ހޯދުމުގެ ފުރުސަތު ވެސް އެބަ އޮތެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް