ޗައިނާ މުބާރާތުގައި ވެސް ރާއްޖެއަށް ކޯޗު ކޮށްދޭނީ ފާރޫކް
ލިޔުންތެރިޔާ
ފާރޫކް ޒަކީރޯވް -- ފޮޓޯ/އެފްއޭއެމް
އަންނަ މަހު ޗައިނާގައި އޮންނަ ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް ޓޯނަމަންޓުގައި ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމަށް އިރުޝާދު ދޭނީ ރާއްޖެއަށް ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގެ ތަށި ހޯދައިދިން އުޒްބެކިސްތާނުގެ ތަޖުރިބާކާރު ކޯޗު ފާރޫކް ޒަކިރޯވް ކަން ހާމަވެއްޖެ އެވެ.
މައުލޫމާތު ލިބޭގޮތުން ކޯޗު ފާރޫކް ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވި ނަމަވެސް، މުބާރާތުގެ ކުރިން ރާއްޖޭގައި ކުރިއަށްދާ ފަރިތަކުރުންތަކުގައި އޭނާ ބައިވެރިއެއް ނުވާނެއެވެ. އޭގެ ބަދަލުގައި އޭނާ ޓީމާ ގުޅޭގޮތަށް ހަމަޖެހިފައި ވަނީ ސީދާ ޗައިނާއިން ކަމަށް ވެއެވެ.
އުޒްބަކިސްތާނުގެ އަންހެން ގައުމީ ޓީމާ ވެސް ހަވާލުވެ ހުރެ ކޯޗު ފާރޫކް ވަނީ ރާއްޖޭގެ ޓީމާ ހަވާލުވެ، ސަރަހައްދީ 7 ގައުމު ވާދަކުރި ފުރަތަމަ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ރަން މެޑަލް ދިވެހިންނަށް ހޯދައިދީފަ އެވެ. މިއީ ގައުމީ ފުޓްސަލް ޓީމުގެ ތާރީހުގައި ވެސް ބިދޭސީ ކޯޗަކާ ޓީމު ހަވާލުކުރި ފުރަތަމަ ފަހަރެވެ.
އޭނާގެ އިރުޝާދުގެ ދަށުން ރާއްޖޭގެ ޓީމު ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކުރީ ސައްތައިންސައްތަ މޮޅުވުމުގެ ރެކޯޑަކާއެކު އެވެ.
އަންނަ ނޮވެމްބަރު މަހުގެ 4 އިން 9 އަށް ޗައިނާގައި ކުރިއަށްދާ މި މުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރާނީ ޗައިނާ އާއި ހޮންގް ކޮންގް އަދި ސައުތު ކޮރެއާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް