Article Top
ޚަބަރު •

އުކުޅަސް 2.0 އިފްތިތާހުކޮށް، ހުރިހާ ހިދުމަތެއް ޑިޖިޓަލްކޮށްފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

އުކުޅަސް 2.0 އިފްތިތާހުކޮށް، ހުރިހާ ހިދުމަތެއް ޑިޖިޓަލްކޮށްފި

އުކުޅަސް 2.0 ރަސްމީކޮށް އިފްތިތާހު ކޮށްފި އެވެ.

"މައި ކައުންސިލް" އަދި "މައި އުކުޅަސް" ވެބްސައިޓާ އެކު އުކުޅަސް 2،0 އިފްތިތާހު ކޮށްފައިވާއިރު، މި އެޕްލިކޭޝަން އިން ޚާއްސަ ޚިދުމަތްތަކެއް ލިބިގެންދާނެ އެވެ. މިއީ އެންމެ ފަހުގެ ޒަމާނީ ވެބްސައިޓަކާއި، އެޕްލިކޭޝަން އާއެކު ތައްޔާރު ކޮށްފައިވާ ޚިދުމަތެކެވެ.

ކައުންސިލްގެ ވެބްސައިޓު އިފްތިތާހު ކޮށްދެއްވީ އުކުޅަސް ކައުންސިލްގެ ކުރީގެ ރައީސް ސައުކަތު އިބްރާހީމް އެވެ. އަދި "މައި އުކުޅަސް" އެޕްލިކޭޝަން އިފްތިތާހު ކޮށްދެއްވީ ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޢަބްދުﷲ އަނީސް އެވެ. އަދި "މައި ކައުންސިލް" އިފްތިތާހު ކޮށްދެއްވީ އެ ރަށު ކައުންސިލްގެ ރައީސް އަލީ ވަޙީދު އެވެ.

މިކަމާ ގުޅޭ ގޮތުން އުކުޅަސް ކައުންސިލް އިން ބުނެފައި ވަނީ، އެއީ ވަރަށް މުހިންމު މަސައްކަތެއް ކަމަށާއި، އެއީ 2015 ވަނަ އަހަރު ފެށުނު މަސައްކަތެއް ކަަމަށެވެ. އެގޮތުން މިއީ ރައްޔިތުންނަށް ދެމުން އައި ޚިދުމަތްތައް ލުއި ފަސޭހަ ކުރުމުގެ މަޤުސަދުގައި ކުރި މަސައްކަތެއް ކަމަށް ވެސް ބުނެފައިވެ އެވެ. މީގެ ތެރޭގައި ފައިސާ ބަލައިގަތުމުގެ ނިޒާމު ޑިޖިޓަލް ކުރެވިގެން ދިޔަ ކަމަށް ވަނީ ފާހަގަކޮށްފައި އެވެ.

މީގެ އިތުރުން އެ ކައުންސިލުން ބުނެފައި ވަނީ، މިއީ ރައްޔިތުންނަށް ދެމުން އައި ޚިދުމަތްތައް އައު އުސްމިން ތަކަކަށް ގެންގޮސް، ކުރިއެރުން ތަކެއް ހޯދައި ދެވުނު ކަމެއް ކަަމަށެވެ. އެއާއެކު ކައުންސިލުން ރައްޔިތުންނަށް ދެމުން އަންނަ އެއްވެސް ޚިދުމަތަަކށް ދަތި ކަމެއް ނާންނާނެ ކަަމަށާއި، ލަސްވުމެއް ވެސް ކުރިމަތި ނުވާނެ ކަމަށް އުކުޅަސް ކައުންސިލް އިން ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް