ގއ އަދި ގދ އަތޮޅުގެ ރަށްތަކުގެ ޔުޓިލިޓީ ޚިދުމަތްތަކާ ސްޓެލްކޯ އިން ހަވާލުވެއްޖެ
ލިޔުންތެރިޔާ
ސްޓެލްކޯ އިން ރަށެއްގެ ކަރަންޓުގެ ޚިދުމަތާ ހަވާލުވުމަށް ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން.
ގއ އަތޮޅާއި، ގދ އަތޮޅުގެ ރަށްތަކުގެ ޔުޓިލިޓީގެ ޚިދުމަތްތައްކާ ސްޓެލްކޯ އިން ރަސްމީކޮށް ހަވާލުވެއްޖެ އެވެ.
ސްޓެލްކޯ އިން ބުނެފައި ވަނީ އެ ދެ އަތޮޅުގައި ފެނަކަ އިން ދެމުން އައި ޔުޓިލިޓީގެ ޚިދުމަތްތަކާ އެ ކުންފުނިން ރަސްމީކޮށް ހަވާލުވެފައިވާ ކަމަށެވެ.
އެއާއެކު ސްޓެލްކޯ އިން ބުނީ އެ ދެ އަތޮޅުގައި ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު އެ ކުންފުނީގެ މިންގަނޑުތަކަށް ފެއްތުމުގެ މަސައްކަތް، ޚިދުމަތާ ހަވާލުވި ދުވަހުން ފެށިގެން ދަނީ ކުރެވެމުން ކަމަށެވެ. އަދި ކުންފުނީގެ އަމާޒަކީ އެ ދެ އަތޮޅުގެ ރައްޔިތުންނަށް އިތުބާރުހުރި، ދެމެހެއްޓެނިވި ޚިދުމަތެއް ކަށަވަރު ކޮށްދިނުން ކަމަށް ވެސް ސްޓެލްކޯ އިން ވަނީ ބުނެފައި އެވެ.
ސަރުކާރުގެ ކުންފުނިތައް ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ފެނަކަ އުވާލުމަށް ފަހު، ފެނަކަ އިން ދެމުން އައި ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލު ކުރަން ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވަނީ ނިންމަވައިފަ އެވެ. އެއާއެކު ސްޓެލްކޯ އިން އަންނަނީ ރާއްޖޭގެ އެކި އެކި ކަންކޮޅު ތަކުގައި ހުރި އިންޖީނުގެތަކާ ހަވާލުވުމުގެ މަސައްކަތް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް