Article Top
ޚަބަރު •

ރ.އަތޮޅުގެ ކަރަންޓުގެ ޚިދުމަތްތަކާ ސްޓެލްކޯ އިން ހަވާލުވެއްޖެ

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ރ.އަތޮޅުގެ ކަރަންޓުގެ ޚިދުމަތްތަކާ ސްޓެލްކޯ އިން ހަވާލުވެއްޖެ

ރ.އަތޮޅުގެ ރަށްތަކުގައި ދެމުން އައި ކަރަންޓުގެ ޚިދުމަތާ ހަވާލުވުމަށް ސްޓެލްކޯ އިން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.

ރ.އަތޮޅުގައި ފެނަކަ އިން ދެމުން އައި ކަރަންޓުގެ ޚިދުމަތްތަަކާ ސްޓެލްކޯ އިން ރަސްމީކޮށް ހަވާލުވެއްޖެ އެވެ.

ސްޓެލްކޯ އިން ބުނެފައި ވަނީ ރ.އަތޮޅުގައި ފެނަކަ އިން ދެމުން އައި ޔުޓިލިޓީގެ ޚިދުމަތްތައް ދިނުމާ އެ ކުންފުނިން މިހާރު ރަސްމީކޮށް ހަވާލުވެފައިވާ ކަމަށެވެ. އެގޮތުން އެ އަތޮޅުގައި ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު ސްޓެލްކޯގެ މިންގަނޑު ތަކަށް ފެއްތުމުގެ މަސައްކަތް، ޚިދުމަތާ ހަވާލުވި ދުވަހުން ފެށިގެން ކުރެވެމުން އަންނަ ކަމަށް ވެސް ސްޓެލްކޯ އިން ބުނެފައިވެ އެވެ. އެއާއެކު ސްޓެލްކޯ އިން ބުނީ، އެ ކުންފުނީގެ އަމާޒަކީ އެ އަތޮޅުގެ ރައްޔިތުންނަށް އިތުބާރުހުރި، ދެމެހެއްޓެނިވި ޚިދުމަތެއް ކަށަވަރު ކޮށްދިނުން ކަމަށް ވެސް ސްޓެލްކޯ އިން ބުނެފައިވެ އެވެ.

ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ނިންމަވާފައި ވަނީ ފެނަކަ އުވާލުމަށް ފަހު، އެ ކުންފުނިން ކުރަމުން އައި މަސައްކަތްތައް ސްޓެލްކޯގެ ދަށަށް ބަދަލު ކުރުމަށެވެ. އެއީ ސަރުކާރުގެ ކުންފުނިތައް ހިންގުން ހަރުދަނާ ކުރުމުގެ ބޭނުމުގައި ނިންމި ނިންމުމެކެވެ.

އެއާއެކު ސްޓެލްކޯ އިން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ހުރި އިންޖީނުގެތާ ރަސްމީކޮށް ހަވާލުވުމުގެ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް