Article Top
ޚަބަރު •

އޭދަފުށީ އިސްލާމީ މަރުކަޒުގެ ބިންގާ އަޅައިފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

އޭދަފުށީ އިސްލާމީ މަރުކަޒުގެ ބިންގާ އަޅައިފި

އޭދަފުށި އިސްލާމީ މަރުކަޒުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.

ބ.އޭދަފުށީގައި ބިނާކުރުމަށް ނިންމާފައިވާ އިސްލާމީ މަރުކަޒުގެ ބިންގާ އަޅައިފި އެވެ.

އިސްލާމިކް މިނިސްޓްރީ އިން ހާމަކޮށްފައިވާ ގޮތުގައި، އޭދަފުށީގައި ބިނާކުރާ އިސްލާމީ މަރުކަޒުގެ ބިންގާ އަޅާފައި ވަނީ ހުކުރު ދުވަހު އެ ރަށުގައި އޮތް ރަސްމިއްޔާތެއްގައި އެވެ. އެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަޙުމަދު ސަލީމް ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

މިއީ ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި އިސްލާމީ މަރުކަޒުތައް ބިނާ ކުރުމަށް ސަރުކާރުން ކަނޑަ އަޅާފައިވާ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ މުހިންމު މަޝްރޫއެއް ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެފައިވެ އެވެ. އޭދަފުށީ އިސްލާމީ މަރުކަޒުގެ މަސައްކަތް ހަވާލު ކޮށްފައި ވަނީ ސާސް އީ ކޮންސްޓްރަކްޝަންއާ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް