އަމީނީ މަގުގެ ތިން ވަނަ ސެގްމަންޓް މި ހަފުތާގައި އާންމުންނަށް ހުޅުވާލަނީ
ލިޔުންތެރިޔާ
އަމީނީ މަގުގެ ތިން ވަނަ ސެގްމަންޓުގެ މަރާމާތުގެ މަސައްކަތް ނިންމާލާފައި.
އަމީނީ މަގު މަރާމާތު ކުރުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން، ތިން ވަނަ ސެގްމަންޓުގެ މަސައްކަތް އެއްކޮށް ނިންމާލައި، މި ހަފުތާގެ ތެރޭގައި އާންމުންނަށް ހުޅުވާލާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިކް ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.
އެމްޓީސީސީ އިން ބުނެފައި ވަނީ، އަމީނީ މަގު މަރާމާތު ކުރުމުގެ މަޝްރޫއުގެ ދަށުން ތިން ވަނަ ސެގްމަންޓުގެ މަސައްކަތް ނިންމާލެވިފައިވާ ކަމަށެވެ. އެގޮތުން ތާރު ނެގުމަށް ފަހު، އެ ސަރަހައްދުތަކުގައި ތާރު އަޅާފައިވާ ކަމަށާއި، މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެއާއެކު އެމްޓީސީސީ އިން ބުނެފައި ވަނީ މި ހަފުތާ ނިމުމުގެ ކުރިން، އަމީނީ މަގުގެ މަރާމާތު ކުރި ސަރަހައްދުން އާންމުންނަށް ހުޅުވާލާނެ ކަމަށެވެ.
އަމީނީ މަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކޮށްފައިވާއިރު، ތިން ވަނަ ސެގްމަންޓު މަރާމާތު ކުރުމުގެ މަސައްކަތް އެ ކުންފުނިން ފެށީ އޮކްޓޫބަރު މަހުގެ ކުރީ ކޮޅު އެވެ. އޭގެ ކުރިން އެމްޓީސީސީ އިން ވަނީ ސެގްމަންޓު އެކެއް އަދި ދޭއްގެ މަސައްކަތް ނިންމާލައި އާންމުންނަށް ހުޅުވާލައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް