Article Top
ލައިފްސްޓައިލް •

އެންމެން ހައިރާން ކޮށްލާނެ "ކީއްވެ"ގެ ޓިކެޓު، އޮލިމްޕަހުން ވިއްކަން ފަށައިފި

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

އެންމެން ހައިރާން ކޮށްލާނެ "ކީއްވެ"ގެ ޓިކެޓު، އޮލިމްޕަހުން ވިއްކަން ފަށައިފި

ކީއްވެ ފިލްމުގެ މަންޒަރެއް ---

ދިވެހި ފިލްމީ ދާއިރާ އަށް ލޯބިކުރާ ފަރާތްތަކުން އެންމެ ކެތްމަދުވެފައި ތިބި، އަދި ކާމިޔާބު ޕްރޮޑަކްޝަން ހައުސްތަކެއް ކަމަށްވާ، ސްލޭމް ސްޓޫޑިއޯ އާއި، ނޫރު އެންޑް މޫވީސް، ސެޓާން ސްޓޫޑިއޯ އަދި ކިޑް ޕްރޮޑަކްޝަން ގުޅިގެން ސިނަމާތަކަށް ގެންނަން ތައްޔާރު ކުރާ ފިލްމު "ކީއްވެ"ގެ ޓިކެޓު އޮލިމްޕަސް ޓިކެޓު ކައުންޓަރުން ވިއްކަން ފަށައިފިއެވެ.

ސެޓާން ސްޓޫޑިއޯއިން ބުނީ މިއަދު 14:00 އިން ފެށިގެން އޮލިމްޕަސް ޓިކެޓު ކައުންޓަރުން "ކީއްވެ" ފިލްމުގެ ޓިކެޓު ވިއްކަން ހުންނާނެކަމަށެވެ.

Advertisement
Article Inside

އޮލިމްޕަސް ޓިކެޓު ކައުންޓަރުގެ އިތުރުން ސެޓާން ސްޓޫޑިއޯގެ ޓިކެޓު ބުކިން ވެބްސައިޓު https://saturnstudio.mv/booking އިންވެސް އަދި 7458800 އަށް ވައިބާ ކޮށްގެން ވެސް ކީއްވެ ފިލްމުގެ ޓިކެޓު ލިބޭނެކަމަށް އެ ޕްރޮޑަކްޝަން ހައުސްއިން ބުނެއެވެ.

އިއްޔެ ވަނީ ކީއްވެ ފިލްމުގެ ފުރަތަމަ ޓްރެއިލާ ވެސް އާންމުކޮށްފައެވެ. އެ ޓެރެއިލާއަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.

މި ޓްރެއިލަރާ އެކު ފިލްމަށް އޮތް އިންތިޒާރާއި ޝައުޤުވެރިކަން ވަނީ އިތުރަށް ބޮޑުވެގެން ގޮސްފައި އެވެ. 25 އަހަރަށް ފަހު ދިވެހި ސިނަމާގެ ލެޖެންޑަރީ އެކްޓަރު މޫސާ މަނިކު (ރީކޯ މޫސަ) މި ފިލްމުގެ ލީޑު ރޯލުން ފެނިގެން ދާއިރު، އޭނާގެ ހުނަރުވެރި އަދި އަސަރުގަދަ އެކްޓިން ޓްރެއިލާ އިން ވަރަށް ފުރިހަމަ އަށް ފެނިގެންދެއެވެ.

އެގޮތުން މޫސަ ގެ އަޑުން "އަދި އެއް ފުރުސަތު ދީ.." އާއި "ހަތަރު ވަނަ މީހަކާ ވެސް އިންނަންވީތަ..؟" ބުނާ އަޑު އިވެ އެވެ. އަދި މި ޑައިލޮގު ތަކުން އެކަނި ވެސް ފިލްމާ މެދު އޮތް ޝައުގުވެރިކަން އިތުރުވެގެންދެ އެވެ. އާއިލީ ގުޅުންތަކާއި، ލޯބީގެ އުނދަގޫ އިހުސާސްތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުގެ ވާހަކަ، ޓްރެއިލާގެ ޒަރިއްޔާ އިން ބެލުންތެރިންނަށް ކޮންމެ ވެސް ވަރަކަށް ސިފަކޮށްދީފައިވެއެވެ.

މި ފިލްމުގައި މޫސަގެ އިތުރުން މަޝްހޫރު ތަރި، ޝީލާ ނަޖީބް، މަރިޔަމް ނިޝާ، ޝަމީލް އަދި ދަރާ ރަޝީދު ފެނިގެން ދާއިރު، މި ފިލްމުގައި ގެނެސްދެވިފައިވާ މި ވާހަކަ އަކީ އެހެން ދިވެހި ފިލްމުތަކާ ޚިލާފަށް ދިރިއުޅުމުގެ މެދު އުމުރުގައި ދިމާވާ މައްސަލަތަކަށް އަލިއަޅުވާލެވިގެން ހަދާފައިވާ ފިލްމެއް ކަމަށް ބެލެވެއެވެ.

މި ފިލްމް ޚައްސާވާ އެތައް ކަމެއް ހުރި އިރު ފާހަގަ ކޮށްލަން ޖެހޭ އަނެއްކަމަކީ، 20 އަހަރުގެ މެދު ކެނޑުމަކަށް ފަހު ކުޅަދާނަ ޑައިރެކްޓަރު އީސާ ޝަރީފްގެ އެނބުރި އައުމެވެ. އެގޮތުން އީސަ ގެނެސްދޭ މި އުފެއްދުމުގެ މަންޒަރުތަކާއި ސިނަމެޓިކް ފެންވަރު ވަރަށް މަތިކަން ޓްރެއިލާ އިން ހާމަވެއެވެ.

ކުލަގަދަ އިވެންޓަކާއެކު މި ފިލްމު ރަސްމީކޮށް ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުގެ ރޭއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް