Article Top
ޚަބަރު •

ބޮޑު ރޭޕް ކޭސް: ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ބޮޑު ރޭޕް ކޭސް: ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

ރޭޕް ކޭސްގައި ހައްޔަރުކުރި މީހުން ---

ދެކުނުގެ ރަށެއްގައި އަންހެނަކާއި ކުޑަ ކުދިންތަކެއް ރޭޕްކުރި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން ބަންދުގެ މުއްދަތު ހަމަވި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

އެ މައްސަލައިގައި ފުލުހުން ވަނީ 9 މީހުން ހައްޔަރުކޮށްފައެވެ.

Advertisement
Article Inside

އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ:

  1. މުހައްމަދު މައިސަން ޝިޔާޒު - 21އ

  2. އަހްމަދު އިފްތިޝާމް ޒަރީރު - 24އ

  3. ނަޖުމުﷲ ޙަސަން - 35އ

  4. މުހައްމަދު މިޝަލް އަހުމަދު ޒުހައިރު - 20އ

  5. މުހައްމަދު ސާލިހު އަހުމަދު - 26އ

  6. އަހުމަދު ނޫހު ނިޔާޒު - 20އ

  7. އަލީ ހުޒާމް ސައީދު - 31އ

  8. އާޒިމް މުފީދު - 24އ

  9. އަހުމަދު ސާނިޖު ސާދިގު - 32އ

އޭގެ ތެރެއިން މުހައްމަދު ސާލިހު، މުހައްމަދު މިޝަލް، ނަޖުމުﷲ ހަސަން ގެ އިތުރުން އަހުމަދު ނޫހު ނިޔާޒު، ވަނީ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހު 5 ދުވަހަށް ބަންދުކުރުމަށް އަމަރުކޮށްފައެވެ. އެ މީހުންގެ ބަންދުގެ މުއްދަތު ހަމަވާތީ އަލުން މުއްދަތު ޖެހުމަށް ހާޒިރުކުރުމުން، ތަހުގީގު ނިމެންދެން އަހުމަދު ނޫހު ނިޔާޒު ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ. އަދި ނަޖުމުﷲ ޙަސަން 45 ދުވަހަށް ބަދުކުރުމަށް އަމުރުކޮށްފައިވާއިރު މުހައްމަދު މިޝަލްގެ ބަންދަށް ވަނީ 30 ޖަހައިފައެވެ. އަދި މުހައްމަދު ސާލިހުގެ އިތުރުން ބަންދަށް ވަނީ އިތުރު ފަސް ދުވަސް ޖަހައިފައެވެ.

މިދިޔަ މަހުގެ 25 ވަނަ ދުވަހު އެ މައްސަލައިގައި ހިމެނޭ އެހެން މީހުންގެ ބަންދަށް ވެސް ވަނީ ދުވަސް ޖަހައިފައެވެ.

އެގޮތުން މުހައްމަދު މައިސަން ޝިޔާޒު 10 ދުވަހަށް އަދި އާޒިމް މުފީދު 15 ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލައިގައި ހައްޔަރުކުރި ސާނިޖު ސާދިގު 30 ދުވަހަށް ބަންދުކުރަން އަމުރުކުރިއިރު، އަހުމަދު އިފްތިޝާމް ޒަރީރުއާއި އަލީ ހުޒާމް ސައީދު ވަނީ 90 ދުވަހަށް ބަންދުކުރުމަށް އިމުރުކޮށްފައެވެ.

މި މައްސަލައިގެ ތަހުގީގަށް މާލެއިން ހާއްސަ ޓީމެއް އެ ރަށުގައި ހަރަކާތްތެރިވަމުންދާކަމަށް ވެސް ފުލުހުން ބުންޏެވެ.

ދެކުނުގެ ރަށެއްގައި، ބަޔަކު 22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް، ފުލުހުންނަށް ރިޕޯޓް ކުރީ މިދިޔަ އަންގާރަ ދުވަހެވެ. މި މައްސަލައިގެ ތަހުގީގުގެ ތެރެއިން، ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް، އެ ކުދިން އެކްސްޕްލޮއިޓްކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ވެސް ފާހަގަކުރެވިފައިވާކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެއެވެ.

ފުލުހުން ބުނީ މައްސަލައިގެ ތަހުގީގު ކުރިއަށްދާ މިންވަރަކުން ދެވެން ހުރި މައުލޫމާތު ދެމުން ގެންދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް