Article Top
ޚަބަރު •

ނަޞްރުގެ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެ ވަޑައިގެންފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ނަޞްރުގެ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެ ވަޑައިގެންފި

ނަޞްރުގެ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން.

ނަޞްރުގެ ދުވަހާ ގުޅިގެން ބޭއްވި ދިދަ ނެގުމުގެ ޚާއްސަ ރަސްމިއްޔާތުގައި ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު އާއި، އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވެ ވަޑައިގެންފި އެވެ.

މި ދިދަ ނެގުމުގެ ރަސްމިއްޔާތު އޮތީ އަންގާރަ ދުވަހުގެ ހެނދުނު ޝަހީދުންގެ ބިނާގައި އެވެ. އެ ރަސްމިއްޔާތުގައި ރައީސް މުޢިއްޒުގެ ދެކަނބަލުންނާއި، ސަރުކާރުގެ މިނިސްޓަރުންގެ އިތުރުން، ސިފައިންގެ އިސްވެރިން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ، އެ ރަސްމިއްޔާތުގައި ވަނީ ޚާއްސަ ދުއާއެއް ވެސް ކޮށްފައި އެވެ.

މީގެ އިތުރުން ނަޞްރުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޖަމާއަތުގައި ސިފައިން ކުރި ފަތިސް ނަމާދުގައި ވެސް ރައީސް މުޢިއްޒު ވަނީ ބައިވެރިވެ ވަޑައިގެންފައި އެވެ. ސިފައިން ޖަމާއަތުގައި ފަތިސް ނަމާދު ކޮށްފައި ވަނީ އިސްލާމީ މަރުކަޒުގައި އެވެ.

ނަޞްރުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް