ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ޝާހިދު ދޫނިދޫއަށް ގެންގޮސްފި
ލިޔުންތެރިޔާ
ޝާހިދު ދޫނިދޫއަށް ގެންދަނީ ---
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދޫނިދޫއަށް ގެންގޮސްފިއެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ޝާހިދު ހައްޔަރުކުރީ މިރޭގެ ވަގުތެއްގައެވެ..
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ޝާހިދު ހައްޔަރު ކޮށްފައި ވަނީ، އުމުރުން 18 އަހަރުން ދަށުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ މައްސަލައެއްގައިއެވެ.
އޭނާ ދިރިއުޅުއްވާ އޯޝެން ފްރޮންޓް ރެސިޑެންސް އިން ހައްޔަރުކުރުމަށްފަހު ޝާހިދު ގޮންގޮސްފައިވަނީ ހުޅުމާލެ ޕޮލިސް ސްޓޭޝަނަށެވެ. އެ ސްޓޭޝަނުގައި ބޭންދުމަށްފަހު އޭނާ ދެން ގެންގޮސްފައިވަނީ ދޫނިދޫއަށެވެ
ޝާހިދު އަކީ އިދިކޮޅު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވައި، އެކަމުގެ ކެމްޕެއިން ވެސް ކުރަމުން އަންނަ ބޭފުޅެކެވެ. އޭނާ ވަނީ އެމްޑީޕީގެ ރައީސްކަމުގެ އިތުރުން، ރާއްޖޭގެ ފޮރިން މިނިސްޓަރުކަން ވެސް ކުރައްވައިފައެވެ. މީގެ އިތުރުން އދ.ގެ އާންމު މަޖިލީހުގެ ރައީސްކަމުގެ މަޤާމާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަޤާމު ވެސް ޝާހިދު ވަނީ އަދާ ކުރައްވައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް