އެންބީއެލް 2 ވަނަ ޑިވިޝަނުގައި ސަލްޓަންސް އާއި ނެޓްސް ކުރީގައި
ލިޔުންތެރިޔާ
އެންބީއެލް މެޗެއްގެ ތެރެއިން -- ފޮޓޯ/އެމްބީއޭ
ބާސްކެޓްބޯޅަ އެސޯސިއޭޝަނުން ކުރިއަށް ގެންދާ 18 ވަނަ ގައުމީ ބާސްކެޓްބޯޅަ ލީގު (އެންބީއެލް) ފިރިހެން ދެވަނަ ޑިވިޝަނުގެ ގުރޫޕް ސްޓޭޖު ނިމިފައި ވާއިރު، އެންމެ ކުރީގައި އޮތީ ސަލްޓަންސް ބީސީ އާއި ނެޓްސް ބީސީ އެވެ.
ޖުމްލަ 12 ޓީމާ އެކު މުބާޜާޓް ކުރިއަށް ދާއިރު، ޓީމުތައް ވަނީ ދެ ގުރޫޕަކަށް ބަހާޅައިފަ އެވެ. ގުރޫޕް އޭގެ އެއްވަނައިގައި ނެޓްސް އޮތީ ފަސް މެޗު ވެސް ކާމިޔާބު ކޮށްގެން 10 ޕޮއިންޓާ އެކު އެވެ. ނުވަ ޕޮއިންޓާ އެކު ސްޕާޓަންސް ދެވަނައިގައި އޮތް އިރު ސްޓާސް ބީސީ އަށް ލިބުނީ އަށް ޕޮއިންޓެވެ. ވެސްޓްއެންޑް އެސްސީ އަށް ހަތް ޕޮއިންޓް ލިބިފައި ވާއިރު ޔޫއެން ފްރެންޑްސް އަށް 6 އަދި މަމްބާ ބީސީ އަށް ވަނީ ފަސް ޕޮއިންޓް ލިބިފަ އެވެ.
ގުރޫޕް ބީގެ އެއްވަނައިގައި އޮތް ސަލްޓަންސް ވެސް ވަނީ ފަސް މެޗު ކާމިޔާބުކޮށްގެން 10 ޕޮއިންޓް ހޯދައިފަ އެވެ. މީގެ އިތުރުން ފީނިކްސް އަށް 9، ލާންސާސް އަށް 8، ހުޅުމާލެ އެސްސީ އަށް 7، އޮނި އެސްސީ އަށް 6 އަދި ވުލްވްސް ބީސީ އަށް ވަނީ ފަސް ޕޮއިންޓް ލިބިފަ އެވެ.
ކޮންމެ ގުރޫޕަކުން ވެސް މިހާރު ވަނީ ގަދަ ހަތަރު ޓީމު ކުއާޓާ ފައިނަލަށް ހޮވިފަ އެވެ. މި މުބާރާތުގެ ފައިނަލަށްދާ ދެ ޓީމަށް އަންނަ ސީޒަނުގެ ފުރަތަމަ ޑިވިޝަނުން ޖާގަ ލިބޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް