Article Top
ކުޅިވަރު •

ކުލަގަދަ ރަސްމިއްޔާތަކާ އެކު ސެނެގޯލްގައި ޔޫތު އޮލިމްޕިކްސް ފަށައިފި

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

ކުލަގަދަ ރަސްމިއްޔާތަކާ އެކު ސެނެގޯލްގައި ޔޫތު އޮލިމްޕިކްސް ފަށައިފި

މުބާރާތް ފެށުމުގެ ރަސްމިއްޔާތުގެތެރެއިން -- ފޮޓޯ/އެމްއޯސީ

ކުލަގަދަ ރަސްމިއްޔާތަކާ އެކު ސެނެގޯލްގެ ޑަކާރުގައި ޔޫތު އޮލިމްޕިކް ގޭމްސް ރަސްމީކޮށް ފަށައިފި އެވެ.

މި މުބާރާތް ފަށާފައިވަނީ ޑަކާރު ކައިރީގައިވާ ޑިއަމްނިއާޑިއޯގެ އަބްދުލާޔޭ ވަޑޭ ސްޓޭޑިއަމުގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތަކާ އެކު އެވެ.

މި މުބާރާތް އެންމެ ފުރަތަމަ ބާއްވަން ތާވަލް ކުރީ 2022 ގެ ނޮވެމްބަރަށެވެ. ނަމަވެސް ކޮވިޑްގެ އަސަރުތަކާ ގުޅިގެން 2020 ގެ ހޫނުމޫސުމުގެ އޮލިމްޕިކްސް 2021 އަށް ފަސްކުރުމާ އެކު މި ގޭމްސް މި އަހަރަށް ފަސް ކުރަން ސެނެގޯލް ސަރުކާރުން އެއްބަސްވީ އެވެ.

މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ގޭމްސްއަކީ އެފްރިކާ ބައްރުގައި އޮލިމްޕިކްސް ފެންވަރުގެ ބައިނަލްއަގުވާމީ މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރެވެ. މި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ގައުމީ ދިދަ އުފުލާލާފައި ވަނީ، ގޭމްސްގައި ރާއްޖެ ތަމްސީލުކުރާ ދެ ފެތުންތެރިން ކަމަށްވާ ލޫތު މުހައްމަދު ހުސައިން އާއި އާމްނާ ތަޒްކިޔާ މިރުސާދެވެ.

މި ޔޫތު އޮލިމްޕިކްސްގައި ރާއްޖެއިން ބައިވެރިވަނީ ހަމައެކަނި ފެތުމުގަ އެވެ.

މި ފުރުސަތު ލޫތާއި ތަޒްކިޔާއަށް ލިބިފައިވަނީ، މިދިޔަ އަހަރު ރޮމޭނިއާގައި ބޭއްވުނު ޔޫތު ޗެމްޕިއަންޝިޕުގައި އެ ދެ އެތުލީޓުން ދެއްކި ޕާފޯމަންސަށް ބަލައި، އެސޯސިއޭޝަނުން ކަނޑައަޅާ މިންގަނޑަށް ޕޮއިންޓް ހޯދާފައިވާތީ އެވެ.

މުބާރާތުގައި މާދަމާ ހަވީރު، ފިރިހެނުންގެ 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓްގައި ލޫތު ފެތުމަށް ވަނީ ހަމަޖެހިފަ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް