Article Top
ކުޅިވަރު •

ފޯރިގަދަ އެފްއޭއެމް 14 އަހަރުން ދަށުގެ ލީގު އެފްއެފްއެފްއޭ ކާމިޔާބު ކޮށްފި

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

ފޯރިގަދަ އެފްއޭއެމް 14 އަހަރުން ދަށުގެ ލީގު އެފްއެފްއެފްއޭ ކާމިޔާބު ކޮށްފި

އެފްއެފްއެފްއޭ ޗެމްޕިއަން ޝީލްޑް އުފުލާލަނީ -- ފޮޓޯ/އެފްއޭއެމް

ފީފާ ޓެލެންޓް ޑިވެލޮޕްމަންޓް ސްކީމް (ޓީޑީއެސް) ގެ އެހީތެރިކަމާއެކު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރިއަށްގެންދިޔަ 14 އަހަރުން ދަށުގެ ޔޫތު ލީގުގެ ޗެމްޕިއަންކަން ފްރެންޑްސް ފުޓްބޯލް ފެމިލީ އެކެޑަމީ (އެފްއެފްއެފްއޭ) އިން ކާމިޔާބުކޮށްފި އެވެ.

ލީގުގެ އެންމެ ފަހު ދުވަހުގެ ކުޅުން ފޯރިގަދަ މެޗުތަކަކާއެކު ނިމިގެންދިޔައިރު، ޗެމްޕިއަންކަން ހޯދުމަށް އެފްއެފްއެފްއޭއިން ވަނީ ފަހު މެޗުގައި ހައިރާންކުރަނިވި ނަތީޖާއެއް ނެރެފަ އެވެ. ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މި ޑިސައިޑިން މެޗުގައި ޓީސީ މޮޅުވާން ދަނިކޮށް، އެފްއެފްއެފްއޭއިން ވަނީ ފަހަތުން އަރައި 4-3 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފަ އެވެ.

އެ މެޗުގެ ކުރިން އޮޑި ސްޕޯޓްސް ކްލަބްގެ މައްޗަށް އެޑްވެންޗާސް ފުޓްބޯލް އެކެޑަމީ (އޭއެފްއޭ) ކުރިހޯދީ 1-0 ގެ ނަތީޖާއަކުންނެވެ.

މުޅި މުބާރާތުގައި އެއްވެސް މެޗަކުން ބަލިނުވެ، ކުޅުނު 9 މެޗުން 23 ޕޮއިންޓް ހޯދައިގެން އެފްއެފްއެފްއޭއިން ޗެމްޕިއަންކަން ހޯދިއިރު، ދެވަނަ ހޯދީ 21 ޕޮއިންޓް ހޯދި އޭއެފްއޭއެވެ. އަދި ތިންވަނަ ލިބުނީ 19 ޕޮއިންޓް ހޯދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެކެޑަމީއަށެވެ.

ހެންވޭރު ދަނޑުގައި ރޭ ބޭއްވި މި ލީގު ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ޒުވާނުން ބާރުވެރިކުރުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް ނަޒީމެވެ.

އެފްއޭއެމް އިން މި މުބާރާތް ކުރިއަށް ގެންދިޔައީ ދެ ފޭސްއަކަށް ބަހާލައިގެންނެވެ. އެންމެ ފުރަތަމަ އެފްއޭއެމް ރަޖިސްޓާޑް އެކަޑަމީތަކަށް ހުޅުވާޅައިގެން ކުރިއަށް ގެންދިޔަ ކޮލިފިކޭޝަނުން ލީގަށް ކޮލިފައިވީ 10 ޓީމެވެ.

މުބާރާތުގެ ވަނަވަނަތައް:

  • ފެއާ ޕްލޭ ޓީމް: ހުޅުމާލެ ޔޫތު އެންޑް ސްޕޯޓްސް ކްލަބް (އެޗްވައިއެސްސީ)

  • އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ: ޒުލްގިފިލް ބިން މުހައްމަދު 14) ލަނޑު)

  • އެންމެ މޮޅު ކޯޗު: އަހުމަދު ޝަރީފް (އެފްއެފްއެފްއޭ)

މުބާރާތުގެ އެންމެ މޮޅު 11 ކުޅުންތެރިން:

  1. މުހައްމަދު އަލްތާފް އަތިފް (ގޯލްކީޕަރު - އެފްއެފްއެފްއޭ)

  2. އަހުމަދު ލަސަން އިސްމާއިލް (އޭއެފްއޭ)

  3. ޒެކް ޒެވިއެލް އަހުމަދު (އޮޑި ސްޕޯޓްސް)

  4. އުސައިމިން އިބްރާހިމް (މާޒިޔާ)

  5. ސައްޔާފް ބިން އަލީ (ވިލިމާލެ ޔުނައިޓެޑް)

  6. ހަސަން ޒައިކް އަލީ ސަމީރު (އޭއެފްއޭ)

  7. އަހުމަދު އިޔާސް އިލްޔާސް (އެފްއެފްއެފްއޭ)

  8. މުހައްމަދު ޔަމަކް ނަޝީދު (މާޒިޔާ)

  9. ލައިޝާން މުހައްމަދު (އެފްއެފްއެފްއޭ)

  10. އަހުމަދު ނާއިން (އޮޑި ސްޕޯޓްސް)

  11. އަހުމަދު ރާހިފް ޝަފީޢު (ޓީސީ ސްޕޯޓްސް)

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް