Article Top
ޚަބަރު •

ފީވަކުގެ ނަރުދަމާ ނިޒާމު މަރާމާތު ކުރުމުގެ މަސައްކަތް ސްޓެލްކޯއާ ހަވާލުކޮށްފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ފީވަކުގެ ނަރުދަމާ ނިޒާމު މަރާމާތު ކުރުމުގެ މަސައްކަތް ސްޓެލްކޯއާ ހަވާލުކޮށްފި

ފީވަކުގެ ނަރުދަމާގެ ނިޒާމު މަރާމާތު ކުރަން ސްޓެލްކޯއާ ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ށ. ފީވަކުގެ ނަރުދަމާ ނިޒާމު މަރާމާތު ކުރުމުގެ މަސައްކަތް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އާ ހަވާލު ކޮށްފި އެވެ.

އެ މަސައްކަތުގެ އެއްބަސްވުމުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ފާރިސް ޔޫސުފު އެވެ. އަދި ސްޓެލްކޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާއިޝަތު މުޒްނާ އެވެ.

މި މަޝްރޫއަކީ ފީވަކުގެ ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް، އެ ރަށުގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރި ނަރުދަމާގެ ޚިދުމަތެއް ފޯރުކޮށްދިނުމުގެ މަޤުސަދުގައި ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީ އިން ބުނެ އެވެ.

ދައުލަތުގެ ބަޖެޓުން ޖުމްލަ 3,822,120 (ތިން މިލިއަން އަށްލައްކަ ބާވީސް ހާސް އެއް ސަތޭކަ ވިހި) ރުފިޔާ ޚަރަދު ކޮށްގެން ހިންގާ މި މަޝްރޫއު ނިންމުމަށް ކަނޑައަޅާފައި ވަނީ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 60 ދުވަހުގެ ތެރޭގައި އެވެ.

މި އެއްބަސްވުމުގެ ދަށުން ފީވަކުގެ ނަރުދަމާ ވިއުގަ އަށް ދިމާވެފައިވާ މައްސަލަތައް ދެނެގަނެ، އެ ނިޒާމު އާބާތުރަ ފިލުވައި މަރާމާތު ކުރުމުގެ އެންމެހާ މަސައްކަތްތައް ސްޓެލްކޯ އިން ކުރިއަށް ގެންދާނެ އެވެ. މިއީ ރަށްރަށުގެ އަސާސީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވެސް އެންވަޔަރަމަންޓް މިނިސްޓްރީ އިން ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް