Article Top
ކުޅިވަރު •

ފީފާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕް ސްޕެއިން އަށް، ރާއްޖެ ނިންމާލީ ތާރީހީ މޮޅަކުން

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

ފީފާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕް ސްޕެއިން އަށް، ރާއްޖެ ނިންމާލީ ތާރީހީ މޮޅަކުން

ފަހު މެޗުން މޮޅުވުމަށް ފަހު ރާއްޖޭގެ ޓީމް -- ފޮޓޯ/އެފްއޭއެމް

އަޒަރުބައިޖާނުގައި ބޭއްވި ފީފާ 15 އަހަރުން ދަށުގެ ފުރަތަމަ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖޭގެ ޒުވާން ގައުމީ ޓީމު މުބާރާތް ނިންމާލީ ތާރީހީ މޮޅެއް ހޯދައިގެންނެވެ.

ރާއްޖެ ކުޅުނު ފަހު މެޗުގައި ހޯދި މޮޅާ އެކު ރާއްޖެއަށް ވަނީ މުބާރާތުގެ 159 ވަނަ ލިބިފަ އެވެ.

ހަ ބައްރުން 189 ޓީމު ވާދަކުރި މި މުބާރާތުގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދީ ފައިނަލުގައި ޗެކް ރިޕަބްލިކް 3-0 އިން ބަލިކޮށްގެންނެވެ. މި މުބާރާތުގެ ތިންވަނަ ގްރީސް ހޯދިއިރު، ހަތަރުވަނައަށްދިޔައީ ޕެރަގުއޭއެވެ.

ކޯޗު އަޙްމަދު ޝާކިރު (ޝާކިއްޓޭ) ގެ އިރުޝާދުގެ ދަށުން މުބާރާތުގައި ވާދަކުރި ރާއްޖޭގެ ޒުވާން ޓީމުން ވަނީ ވޯލްޑް ކަޕް ފެންވަރުގެ މުބާރާތެއްގައި ރާއްޖެއަށް ލިބުނު ފުރަތަމަ މޮޅު ހޯދައިފަ އެވެ. ރޭންކިން ޕްލޭއޮފްގެ ފަހު މެޗުގައި ހުކުރު ދުވަހު ބްރިޓިޝް ވާޖިން އައިލެންޑްސްއާ ބައްދަލުކޮށް ރާއްޖެ މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.

ގްރޫޕް ސްޓޭޖުގައި ރާއްޖެ ހިމެނުނީ ވަރުގަދަ ޓީމުތަކަކާއެވެ. އެގޮތުން ދެކުނު އެފްރިކާ، ފްރާންސް އަދި ކޮސޯވޯ އަތުން ބަލިވި ނަމަވެސް، އަންގުއިލާއާ ކުޅުނު މެޗު 3-3 އިން ވަނީ އެއްވަރުކޮށްފައެވެ. އަދި ރޭންކިން ބުރުގައި އެސްވަޓީނީ، ގުއާމް، ޑޮމިނިކާ އަދި ޓާކްސް އެންޑް ކައިކޯސް އައިލެންޑްސްއާ ވާދަކޮށްފަ އެވެ.

ދެކުނު އޭޝިއާ ސަރަހައްދުގެ ޤައުމުތަކުގެ ރޭންކިންއަށް ބަލާއިރު، މި މުބާރާތުން އިންޑިއާ 87 ވަނަ ހޯދިއިރު، ބަންގްލަދޭޝް އޮތީ 130 ވަނައިގައެވެ. އަދި ސްރީލަންކާ 158 ވަނައިގައި އޮތްއިރު، ރާއްޖެއިން މުބާރާތް ނިންմާލީ 159 ވަނައިގައެވެ. މީގެއިތުރުން ނޭޕާލް 163 ވަނައިގައި، ޕާކިސްތާން 169 ވަނައިގައި އަދި ބޫޓާން އޮތީ 182 ވަނައިގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް