Article Top
ޚަބަރު •

އެލްޖީއޭގެ ބޯޑަށް މެމްބަރުން އިންތިޚާބު ކުރުމުގެ ވޯޓު ޕީއެންސީ އިން ކާމިޔާބު ކޮށްފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

އެލްޖީއޭގެ ބޯޑަށް މެމްބަރުން އިންތިޚާބު ކުރުމުގެ ވޯޓު ޕީއެންސީ އިން ކާމިޔާބު ކޮށްފި

އެލްޖީއޭގެ ބޯޑަށް މެމްބަރުން އިންތިޚާބު ކުރުމަށް ބޭއްވި ވޯޓުގެ ތެރެއިން. - ފޮޓޯ/ޕީއެސްއެމް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް މެމްބަރުން އިންތިޚާބު ކުރުމަށް މިއަދު ބޭއްވި ވޯޓު ސަރުކާރުން ހިންގާ ޕީއެންސީ އިން ކާމިޔާބު ކޮށްފި އެވެ.

އެލްޖީއޭގެ ބޯޑަށް އިންތިޚާބު ކުރަނީ ތިން މެމްބަރުންނެވެ. އެއީ ސިޓީ ކައުންސިލްތަކުން މެމްބަރަކާއި، ރަށު ކައުންސިލްތަކުން މެމްބަރެއް އަދި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމެޓީ ތަކުން މެމްބަރެކެވެ. މީގެ ތެރެއިން ސިޓީ ކައުންސިލްތަކުގެ މެމްބަރުގެ މަޤާމަށް ކުރިމަތިލެއްވީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރު މުޙައްމަދު އާތިފް އެކަންޏެވެ.

ރަށު ކައުންސިލަރުންގެ ތެރެއިން ހޮވާ މެމްބަރުގެ މަޤާމަށް ވާދަކުރެއްވީ ޕީއެންސީގެ ފަރާތުން ފ.ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަޙުމަދު އާއި، އެމްޑީޕީގެ ފަރާތުން ނ.މަނަދޫ ކައުންސިލްގެ ރައީސް އަލީ ޡާފިރު އެވެ. މީގެ ތެރެއިން އިންތިޚާބު ކާމިޔާބު ކުރި ޕީއެންސީގެ ކެންޑިޑޭޓް ވަނީ 314 ވޯޓު ހޯދައިފަ އެވެ. އެމްޑީޕީގެ ކެންޑިޑޭޓަށް ލިބުނީ 227 ވޯޓެވެ.

އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމެޓީގެ މެމްބަރުންގެ ތެރެއިން ހޮވާ މަޤާމަށް ވާދަކުރެއްވީ ޕީއެންސީޣެ ފަރާތުން ށ.ފުނަދޫ އތމކ ގެ ރައީސާ މަރްޔަމް ޒީނާ އާއި، އެމްޑީޕީގެ ފަރާތުން ލ.ގަމު އތމކ ގެ ރައީސާ މަރްޔަމް ނީނާ އެވެ. މީގެ ތެރެއިން ޕީއެެންސީގެ ކެންޑިޑޭޓް 89 ވޯޓާ އެކު އިންތިޚާބު ކާމިޔާބު ކުރިއިރު، އެމްޑީޕީގެ ކެންޑިޑޭޓަށް ލިބުނީ 63 ވޯޓެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް