Article Top
ޚަބަރު •

ނަރުސް ކަމަކީ ހަމައެކަނި ވަޒީފާއެއް ނޫން، އެއީ އޯގާތެރިކަމުގެ މައްޗަށް ބިނާވެފައިވާ ޚިދުމަތެއް: މިނިސްޓަރު ރާފިއު

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ނަރުސް ކަމަކީ ހަމައެކަނި ވަޒީފާއެއް ނޫން، އެއީ އޯގާތެރިކަމުގެ މައްޗަށް ބިނާވެފައިވާ ޚިދުމަތެއް: މިނިސްޓަރު ރާފިއު

އެމްއެންޔޫގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ރާފިއު ވާހަކަ ދައްކަވަނީ. -

ނަރުސް ކަމަކީ ހަަމައެކަނި ވަޒީފާއެއް ނޫން ކަމަށާއި، އެއީ އޯގާތެރިކަމުގެ މައްޗަށް ބިނާވެފައިވާ ޚިދުމަތެއް ކަމަށް ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖޭގެ ޤައުނީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުން މިނިސްޓަރު ރާފިއު ވިދާޅުވީ، ނަރުސް ކަމަކީ ހަމައެކަނި ވަޒީފާއެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެއީ އިލްމާއި، އޯގާތެރިކަމާއި، ޒިންމާދާރުކަން އަދި ފުރިހަމަ އިތުބާރެއްގެ މައްޗަށް ބިނާވެފައިވާ މަތިވެރި ޚިދުމަތެއްކަން ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަށް ވެސް މިނިސްޓަރު ރާފިއު ވަނީ ވިދާޅުވެފައި އެވެ.

Advertisement
Article Inside

މީގެ އިތުރުން މިނިސްޓަރު ރާފިއު ވިދާޅުވީ ނަރުހުންނަކީ ބަލި މީހުންނާއި، އެ މީހުންގެ އާއިލާތަކާ އެންމެ ގާތުން މަސައްކަތް ކުރާ އެއް ފަރާތް ކަމަށާއި، ބަލި މީހުންގެ ދުޅަހެޔޮކަމާއި އިންސާނީ ކަރާމާތް ރައްކާތެރިކުރުމުގައި ދެމެހެއްޓެނެވި ބޮޑު ބަަދަލެއް ގެނައުމުގެ ބާރު ނަރުހުންގެ އަތް މަތީގައި އޮތް ކަމަށް ވެސް މިނިސްޓަރު ރާފިއު ވަނީ ވިދާޅުވެފައި އެވެ.

އެއާއެކު މިނިސްޓަރު ރާފިއު ވިދާޅުވެފައި ވަނީ، ނަރުސްކަމުގެ ދާއިރާގައި ފަންނީ ޤާބިލިއްޔަތުކަމާ އެއް ވަރަށް އިންސާނިއްޔަތުކަން އިސްކުރުމަކީ ކޮންމެހެން ވެސް ބޭނުންތެރި ކަމެއް ކަމަށެވެ. އެކަން ފާހަގަ ކުރައްވައި މިނިސްޓަރު ރާފިއު ވިދާޅުވެފައި ވަނީ، މިއަދު ރާއްޖޭގެ ޞިއްޙީ ނިޒާމަށް ބޮޑެތި ބަދަލުތަކާއި، ކުރިއެރުންތަކެއް އަންނަމުންދާ ކަމަށެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު ރާފިއު ވަނީ ދަސްވެނިވި ނަރުހުންނަށް ކާމިޔާބާއި، ހިތްވަރު ދެއްވައިފަ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް