ކުޑަހުވަދޫގެ ޔުޓިލިޓީގެ ޚިދުމަތްތަކާ ސްޓެލްކޯ އިން ހަވާލުވެއްޖެ
ލިޔުންތެރިޔާ
ކުޑަހުވަދޫގެ ޔުޓިލިޓީގެ ޚިދުމަތްތަކާ ހަވާލުވުމަށް ސްޓެލްކޯ އިން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.
ދ.ކުޑަހުވަދޫގެ ޔުޓިލިޓީގެ ޚިދުމަތްތަކާ ސްޓެލްކޯ އިން ހަވާލުވެއްޖެ އެވެ.
ސްޓެލްކޯ އިން ކުޑަހުވަދޫގެ ޔުޓިލިޓީ ޚިދުމަތްތައް ރަސްމީކޮށް ފެށުމުގެ ގޮތުން ބުދަ އެ ރަށުގައި ޚާއްސަ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ވަނީ ބާއްވާފައި އެވެ. އެ ރަސްމިއްޔާތުގައި ޤައުމީ ދިދަ ނަންގަވައި ދެއްވީ އެ ކުންފުނީގެމެނޭޖިން ޑިރެކްޓަރު ޑޮކްޓަރު އަލީ އަޒުވަރު އެވެ. އަދި ސްޓެލްކޯގެ ދިދަ ނަންގަވައި ދެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންޑިރެކްޓަރު ޢާއިޝަތު މުޒްނާ އެވެ.
ކުޑަހުވަދޫ އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަޒުވަރު ވަނީ އެ ރަށުގައި ތިބި ސްޓެލްކޯގެ މުވައްޒަފުންނާ ބައްދަލު ކުރައްވާފައި އެވެ.
އެ ބައްދަލުވުމުގައި އަޒުވަރު ވަނީ މަސައްކަތުގެ މާހައުލުގައި މުވައްޒަފުންނަށް ދިމާވާ ދަތިތައް އޮޅުން ފިލުއްވައި، އެ ކަންކަން ޙައްލުކޮށްދެއްވުމަށް ކުންފުނިން އަޅުއްވާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން މުވައްޒަފުންނާ މަޝްވަރާ ކުރައްވާފައި އެވެ.
އެ ދަތުރުފުޅުގައި އަޒުވަރު ވަނީ ކުޑަހުވަދޫގެ އިންޖީނު ގޭގެ ޙާލަތު ވެސް ބައްލަވައި ލައްވައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް