Article Top
ކުޅިވަރު •

ކޮވިޑްގެ ސަބަބުން ފަސްކުރި ޔޫތު އޮލިމްޕިކްސް ފަށަނީ، ރާއްޖެ ވާދަކުރާނީ ސްވިމިންގައި

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

ކޮވިޑްގެ ސަބަބުން ފަސްކުރި ޔޫތު އޮލިމްޕިކްސް ފަށަނީ، ރާއްޖެ ވާދަކުރާނީ ސްވިމިންގައި

ރާއްޖޭގެ ފެތުންތެރިންނާއި ކޯޗު -- ފޮޓޯ/އެމްއޯސީ

ކޮވިޑްގެ ސަބަބުން ކުޅިވަރު މުބާރާތްތަކަށް ގެނައި ޝެޑިއުލް ބަދަލުތަކުގެ ތެރޭން ފަސްކުރި ޔޫތު އޮލިމްޕިކްސް، ހޮނިހިރު ދުވަހު ސެނެގޯލްގެ ޑާކާރުގައި ފަށަން ތައްޔާރުވެއްޖެ އެވެ.

ޔޫތު އޮލިމްޕިކް ގޭމްސްގައި ރާއްޖެ ތަމްސީލުކުރުމަށް ހަމަޖެހިފައި ވަނީ ސްވިމިން އިންނެވެ. ސްވިމިންގައި ދިވެހި ދެ ފެތުންތެރިން ކަމަށްވާ ލޫތު މުހައްމަދު ހުސައިން އާއި އާމްނާ ތަޒްކިޔާ މިރުސާދު މިހާރު ވަނީ ސެނެގޯލަށް ފުރައިފައެވެ. ދިވެހި ފެތުންތެރިންނަށް އިރުޝާދު ދޭނީ ކޯޗު އަހުމަދު ފިރާސް އެވެ.

Advertisement
Article Inside

މި ފުރުސަތު ލޫތާއި ތަޒްކިޔާއަށް ލިބިފައިވަނީ، މިދިޔަ އަހަރު ރޮމޭނިއާގައި ބޭއްވުނު ޔޫތު ޗެމްޕިއަންޝިޕުގައި އެ ދެ އެތުލީޓުން ދެއްކި ޕާފޯމަންސަށް ބަލައި، އެސޯސިއޭޝަނުން ކަނޑައަޅާ މިންގަނޑަށް ޕޮއިންޓް ހޯދާފައިވާތީ އެވެ.

އަންނަ މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ގޭމްސްއަކީ އެފްރިކާ ބައްރުގައި އޮލިމްޕިކްސް ފެންވަރުގެ ބައިނަލްއަގުވާމީ މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރެވެ.

މި މުބާރާޓް އެންމެ ފުރަތަމަ ބާއްވަން ތާވަލް ކުރީ 2022 ގެ ނޮވެމްބަރަށެވެ. ނަމަވެސް ކޮވިޑްގެ އަސަރުތަކާ ގުޅިގެން 2020 ގެ ހޫނުމޫސުމުގެ އޮލިމްޕިކްސް 2021 އަށް ފަސްކުރުމާ އެކު މި ގޭމްސް މި އަހަރަށް ފަސް ކުރަން ސެނެގޯލް ސަރުކާރުން އެއްބަސްވީ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް