Article Top
ޚަބަރު •

އަންނަ އަހަރުގެ އަމާޒަކީ 70 އިންސައްތަ މަޝްރޫއު އެއްކޮށް ނިންމުން: ރައީސް މުޢިއްޒު

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

އަންނަ އަހަރުގެ އަމާޒަކީ 70 އިންސައްތަ މަޝްރޫއު އެއްކޮށް ނިންމުން: ރައީސް މުޢިއްޒު

ނޭޝަން ޗެޓް ޕްރޮގްރާމްގައި ރައީސް މުޢިއްޒު ވާހަކަ ދައްކަވަނީ.

އަންނަ އަހަރު ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ، މިހާރު ހަވާލުކޮށްފައިވާ 70 އިންސައްތަ މަޝްރޫއުތައް ނިންމައި، ރައްޔިތުންނާ ހަވާލު ކުރުން ކަމަށް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ނޭޝަން ޗެޓް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރަައީސް މުޢިއްޒު ވިދާޅުވީ، 2027 ވަނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާއިރު، ބަޖެޓުގައި އަމާޒުކޮށްފައި ވަނީ މި އަންނަ އަހަރަކީ މިހާރު ހަވާލު ކޮށްފައިވާ މަޝްރޫއުގެ ތެރެއިން 70 އިންސައްތަ އެއްކޮށް ނިންމައި ހަވާލު ކުރުން ކަމަށެވެ.

Advertisement
Article Inside

މިސާލެއްގެ ގޮތުގައި ރައީސް މުޢިއްޒު ވިދާޅުވީ، 100 މަޝްރޫއު ހަވާލު ކޮށްފައިވާ ނަމަ އޭގެ ތެރެއިން 70 މަޝްރޫއު އެއްކޮށް ނިންމައި ރައްޔިތުންނަށް ޑެލިވާ ކުރާ އަހަރަކަށް ހެދުމަކީ ޓާގެޓެއް ކަމަށެވެ. އޭގެ އިތުރުން، އެކި އެކި ވައުދުތައް ފުއްދުމުގެ ގޮތުން އެކި އެކި ފަރާތްތަކާ ހަވާލު ކުރުން ވެސް ހިމެނޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެހެން ނަމަވެސް، މައިގަނޑު ގޮތެއްގައި އަންނަ އަހަރުގެ ބަޖެޓުގައި އަމާޒުކޮށްފައި ވާނީ މަޝްރޫއުތައް ނިންމަން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މިސާލަކަށް މި ދެންނެވީ ސަތޭކަ މަޝްރޫއު އޭ ހަވާލުކޮށްފައި އޮތީ. އެހެން ވެއްޖިއްޔާ ހަތް ދިހަ މަޝްރޫއު ނިންމާފައި ހަވާލު ކުރާނަމޭ ރައްޔިތުންނާ. އެއީ މި އަންނަ އަހަރުގެ ޓާގެޓަކީ،" ރައީސް މުޢިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ، މިދިޔަ ތިން އަހަރުގެ ތެރޭގައި ސަރުކާރުން މަސައްކަތް ކުރީ ރައްޔިތުން ދަރަނިން ސަލާމަތް ކުރުމަށާއި، ދަރަނި ކުޑަ ކުރުމާ އެކު، ކްރެޑިޓް ރޭޓިން ރަނގަޅު ކުރުމަށް ކަމަށާއި، އަންނަ އަހަރަށް އޮތީ މަޝްރޫއުތައް ނިންމައި ނަތީޖާ ދެއްކުން ކަމަށެވެ. އެއާއެކު ރައީސް މުޢިއްޒު ވިދާޅުވީ، އަންނަ އަހަރު މަޝްރޫއުތައް ވަރަށް ބާރަށް ކުރިއަށް ގެންދެވޭނެ ކަަަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް