Article Top
ކުޅިވަރު •

ގައުމީ ވޮލީބޯޅަ މުބާރާތް 2026: ފިރިހެން ޑިވިޝަނުގެ ތައްޓެއް 7 އަހަރު ފަހުން ޕޮލިހަށް

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

ގައުމީ ވޮލީބޯޅަ މުބާރާތް 2026: ފިރިހެން ޑިވިޝަނުގެ ތައްޓެއް 7 އަހަރު ފަހުން ޕޮލިހަށް

ޕޮލިސް ކްލަބުން ޗެމްޕިއަން ޓްރޮފީ އުފުލާލަނީ -- ފޮޓޯ/ވީއޭއެމް

އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކްލަބް ބަލިކޮށް، ޕޮލިސް ކުލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައި މުބާރާތުގެ ތަށި އުފުލާލައިފި އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރެ ކޯޓުގައި ރޭ ކުޅުނު ފައިނަލް މެޗުގައި ޕޮލިހުން ސިފައިންގެ މައްޗަށް ކުރިހޯދީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ޕޮލިހުން ގެންދިޔައީ 25-11، 25-18 އަދި 25-20 އިންނެވެ.

Advertisement
Article Inside

މީގެ ކުރިން ޕޮލިސް ކުލަބަށް އެންމެ ފަހުން ހޯދުނު ކާމިޔާބީއަކީ 2019 ވަނަ އަހަރުގެ ގައުމީ ލީގެވެ.

ރޭގެ މެޗަށް ނުކުތްއިރު ސިފައިންގެ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިއެވެ. އެގޮތުން ލީގު މުބާރާތުގައި ސިފައިންނަށް މޮޅު ކުޅުމެއްދައްކައިދިން ޕާކިސްތާނުގެ ދެ ބިދޭސީ ކުޅުންތެރިން ކަމަށްވާ ހަމަދު މުހައްމަދާއި ފަހަދު ރާޒާއަށް ވީއޭއެމުން މުބާރާތުގެ ޝެޑިއުލަށް ގެނައި ބަދަލެއްގެ ސަބަބުން މި މެޗުގައި ކުޅުމުގެ ފުރުސަތު ލިބިފައެއް ނުވެ އެވެ.

ވަނަތަކަށް ހޮވުނު ކުޅުންތެރިން:

  • އެންމެ މޮޅު ކުޅުންތެރިން: އަލީ މައުރޫފް (މާއްޓޭ - ޕޮލިސް)، އަހުމަދު ނަބީލް (ނައްބަ - ސިފައިން)، އަހުމަދު ނާފިއު (ޕޮލިސް)

  • އެންމެ މޮޅު ކޯޗު: ނަސްރުﷲ ތޯހާ (ޕޮލިސް)

  • އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާ: އަންދްރެއި ވަސިލެންކޯ (ރަޝިއާ - ޕޮލިސް)

  • 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާ: އިޔާން އަލީ (ސިފައިން)

މި އަހަރުގެ ވޮލީބޯޅަ ސީޒަނުގެ މުބާރާތްތަކަށް ބަލާއިރު، ސިފައިން ބަލިކޮށް އެސޯސިއޭޝަން ކަޕް އެމްޓީސީސީ ހޯދާފައިވާއިރު، ސިފައިން ވަނީ ގައުމީ ލީގު ކާމިޔާބުކޮށްފަ އެވެ. ނަމަވެސް ސީޒަނުގެ އެންމެ ފަހު މުބާރާތް ކަމަށްވާ ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ޕޮލިހުން ހޯދާފައި މިވަނީ ސިފައިން ބަލިކޮށްގެންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް