އެންމެން ކެތްމަދުވެފައިވާ "ކީއްވެ" ގެ ޓްރެއިލާ ރިލީޒްކުރުން މާދަމާ!
ލިޔުންތެރިޔާ
"ކީއްވެ" ފިލްމުގެ ޕޯސްޓަރެއް.
އެތައް ބަޔަކު މިހާރު އިންތިޒާރު ކުރަމުން އަންނަ ފިލްމު “ކީއްވެ”ގެ ޓްރެއިލާ މާދަމާ އާންމުކުރަން ހަމަޖެހިއްޖެ އެވެ.
"ކީއްވެ" ފިލްމުގެ ފަރާތުން ބުނެފައި ވަނީ، އެ ފިލްމުގެ ޓްރެއިލާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި އާންމު ކުރާނެ ކަމަށެވެ. މިއީ އެތައް ބަޔަކު މިހާރު އިންތިޒާރު ކުރަމުން އަންނަ ފިލްމެކެވެ.
https://www.facebook.com/share/19mud7hdyM/?mibextid=wwXIfr
ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު މި ފިލްމު އޮލިމްޕަހުގައި އަޅުވާއިރު، މިއީ ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ ފިލްމެކެވެ. އެއީ ދިވެހިންގެ ތެރޭގައި މަޤުބޫލުކަން ހޯދާފައިވާ މޫސާ މަނިކު (ރީކޯ މޫސަ) މި ފިލްމުގެ ލީޑު ރޯލުން ފެނިގެންދާނެ އެވެ. މިއީ 25 އަހަރަށް ފަހު މޫސަ ލީޑުރޯލް ކުޅޭ ފުރަތަމަ ފިލްމެވެ. މީގެ ކުރިން ވެސް މޫސަ އަކީ ފިލްމީ ދާއިރާގައި މަޝްހޫރު އަދި ދިވެހިންގެ ތެރޭގައި ބޮޑު މަޤުބޫލު ކަމެއް ހޯދާފައިވާ ފަންނާނެކެވެ.
އަނެއްކޮޅުން މި ފިލްމު ޑައިރެކްޓު ކޮށްފައި ވަނީ ދިވެހިންގެ ތެރޭގައި މަޝްހޫރު ޑައިރެކްޓަރު އީޝާ ޝަރީފް އެވެ. މިއީ 22 އަހަރަށް ފަހު އީސަ ޑައިރެކްޓުކުރާ ފުރަތަމަ ފިލްމެވެ. މީގެ ކުރިން މޫސަ ކުޅެފައިވާ މަޝްހޫރު ފިލްމު، "ފަތިސްހަނދުވަރު" ވެސް ޑަރިރެކްޓު ކޮށްފައި ވަނީ އީސާ ޝަރީފް އެވެ.
އީސަ ޑައިރެކްޓުކޮށް، މޫސަ ކުޅެފައިވާ "ފަތިސްހަނދުވަރު" ފިލްމު މިއަދު ވެސް ދިވެހިންގެ ތެރޭގައި މަޤުބޫލުވެފައިވާއިރު، މިފަހަރު މި ނިކުންނަ "ކީއްވެ" ފިލްމުގެ ފުރިހަމަ ކަމާ މެދު އެއްވެސް މީހަކު ޝައްކެއް ނުކުރާނެ އެވެ.
“ކީއްވެ” ފިލްމުގެ ޓިކެޓު ގަންނަން ބޭނުންވާ ފަރާތްތަކުން ވައިބާ މެދުވެރިކޮށް 7458800 އަށް މެސެޖު ކުރުމުން ޓިކެޓު ލިބޭނެ އެވެ. އަދި ފިލްމުގެ ޓިކެޓެއް ގަނެގެން، ގުރުއަތުން ހޮވޭ ފަރާތަކަށް 4000 ރުފިޔާ ހޯދުމުގެ ފުރުސަތު ވެސް އެބަ އޮތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް