Article Top
ކުޅިވަރު •

ޖޫނިއާ ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި އެންމެ ކާމިޔާބީ އެން ސްޕޯޓްސް

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

ޖޫނިއާ ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި އެންމެ ކާމިޔާބީ އެން ސްޕޯޓްސް

އެން ސްޕޯޓްސް ގެ ކުޅުންތެރިން -- ފޮޓޯ/ޕީއެސްއެމް

ނެޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއޭއެމް) އިން އިންތިޒާމުކޮށްގެން ސިންތެޓިކް ނެޓްބޯޅަ ކޯޓުގައި ކުރިއަށްދިޔަ ބީއެމްއެލް 4 ވަނަ ޖޫނިއާ ނެޓްބޯޅަ ޗެމްޕިއަންޝިޕްގެ ތިން އުމުރުފުރާއެއްގެ ޗެމްޕިއަންކަން އެން ސްޕޯޓްސް އެކަޑަމީ ހޯދައިފި އެވެ.

މި މުބާރާތުގެ 17 އަހަރުން ދަށުގެ ބައިގެ ޗެމްޕިއަންކަން އެން ސްޕޯޓްސް ހޯދީ ފައިނަލުގައި ފިއޯންތީ ސްޕޯޓްސް އެކަޑަމީއާ ވާދަކޮށް 17-6 އިން މެޗު ކާމިޔާބުކޮށްގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކީ އެން ސްޕޯޓްސްގެ އާއިޝާ އައިލީން އަހުމަދެވެ.

Advertisement
Article Inside

މުބާރާތުގެ 15 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ ފިއޯންތީ ސްޕޯޓްސް އެކަޑަމީ އެވެ. އެ ޓީމުން ވަނީ ފިއޯންތީ ސްޕޯޓްސް ކްލަބާ ވާދަކޮށް 17-10 އިން މެޗު ކާމިޔާބުކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފިއޯންތީގެ އިންޝާ ބިންތި ޝިހާބެވެ.

މީގެއިތުރުން، 13 އަހަރުން ދަށުގެ ޗެމްޕިއަންކަން އެން ސްޕޯޓްސްއިން ހޯދީ ފިއޯންތީއާ ވާދަކޮށް 9-8 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކީ ފާތިމަތު މަލްކިޔާ ޒަމީރެވެ.

ހަމަ އެއާއެކު 11 އަހަރުން ދަށުގެ ޗެމްޕިއަންކަން ވެސް ހޯދީ އެން ސްޕޯޓްސް އެވެ. އެ ޓީމުން މި މެޗު ކާމިޔާބުކުރީ ފިއޯންތީގެ މައްޗަށް 8-7 ގެ ހަނި ތަފާތަކުން ކުރި ހޯދައިގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެން ސްޕޯޓްސްގެ މަރްޔަމް ތަނާލް ޝަހީމެވެ.

މި މުބާރާތުގައި 4 އުމުރުފުރާއަކުން ޖުމްލަ 25 ޓީމު ވާދަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް