Article Top
ކުޅިވަރު •

ހުރިހާ މެޗެއް ކާމިޔާބުކޮށް އަންހެން ގައުމީ ވޮލީ ލީގު ޗެމްޕިއަންކަން ވެމްކޯ އަށް

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

ހުރިހާ މެޗެއް ކާމިޔާބުކޮށް އަންހެން ގައުމީ ވޮލީ ލީގު ޗެމްޕިއަންކަން ވެމްކޯ އަށް

އަންހެން ވޮލީ ލީގު ޗެމްޕިއަން ވެމްކޯ -- ފޮޓޯ/ވީއޭއެމް

ހުރިހާ މެޗެއް ކާމިޔާބު ކޮށްގެން ކްލަބް ވެމްކޯއިން އަންހެން ގައުމީ ވޮލީބޯޅަ ލީގުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ލީގުގެ ފަހު މެޗުގައި ވެމްކޯ ނުކުތީ އެންމެ ފަހުގެ ޗެމްޕިއަން ޕޮލިސް ކުލަބާ ދެކޮޅަށެވެ. ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި އިއްޔެ ހަވީރު ކުޅުނު މި މެޗު ވެމްކޯއިން ކާމިޔާބުކުރީ ފަހަތުން އަރައި 3-1 ސެޓުންނެވެ.

Advertisement
Article Inside

މި މެޗަށް ނުކުތްއިރުވެސް، މެޗުން ދެ ސެޓު ކާމިޔާބުކޮށްގެން ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު ވެމްކޯއަށް އޮތެވެ.

ޕޮލިހުން ފުރަތަމަަ ސެޓް 25-22 އިން ގެންދިޔަ ނަމަވެސް ވެމްކޯ ވަނީ ކުޅުން ރަނގަޅުކޮށް 25-19، 25-22 އަދި 25-16 އިން ދެން ކުޅުނު ތިން ސެޓް ގެންގޮސް މެޗު ކާމިޔާބު ކޮށްފަ އެވެ.

ވަނަވަނައަށް ހޮދުނު ކުޅުންތެރިން:

  • އެންމެ މޮޅު ކުޅުންތެރިޔާ (އެމްވީޕީ): ފާތިމަތު ޖޫޒާން ޒަރީރު (ވެމްކޯ)

  • އެންމެ މޮޅު ކޯޗު: އަހުމަދު އަދީލް (ވެމްކޯ)

  • އެންމެ މޮޅު ސެޓަރު: ފާތިމަތު ޖޫޒާން ޒަރީރު (ވެމްކޯ)

  • އެންމެ މޮޅު ލިބަރޯ: މައިހާ އަލީ (ވެމްކޯ)

  • އެންމެ މޮޅު މިޑިލް ބްލޮކަރުން: ނަރީމާ އިދުރީސް (ނަންނި - ވެމްކޯ) އަދި އައިމިނަތު ރިޔާސާ (އެމްޓީސީސީ)

  • އެންމެ މޮޅު އޮޕަސިޓް ކުޅުންތެރިޔާ: މާޔާ ހުސެއިން ސޮލާހް (އެމްޓީސީސީ)

  • އެންމެ މޮޅު އައުޓްސައިޑް އެޓޭކަރުން: ހައްވާ ރާޝިދާ (ޕޮލިސް) އަދި އައިމިނަތު ޝަހާ ޝާމިން (ޕޮލިސް)

  • އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާ: ވަރާންޏާ ސްރިލައޫންގް (ވެމްކޯ)

  • އެންމެ މޮޅު 21 އަަހަރުން ދަށުގެ ކުޅުންތެރިޔާ: ފާތިމަތު އަމާނީ އަހުމަދު ޝިޔާމް (އެމްޓީސީސީ) 

  • ޑްރީމް ޓީމް: ހައްވާ ރާޝިދާ (ހައްވަ - ޕޮލިސް)، އައިމިނަތު ޝަހާ ޝާމިން (ޕޮލިސް)، ޖޫޒާން (ވެމްކޯ)، ނަރީމާ އިދުރީސް (ނަންނި - ވެމްކޯ)، މައިހާ އަލީ (ވެމްކޯ)، މާޔާ ހުސެއިން ސޮލާހު (އެމްޓީސީސީ)، އައިމިނަތު ރިޔާޝާ (އެމްޓީސީސީ). 

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް