Article Top
ކުޅިވަރު •

ޗައިނާއަށް ދާ ގައުމީ ފުޓްސަލް ޓީމު އެކުލަވާލައިފި

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

ޗައިނާއަށް ދާ ގައުމީ ފުޓްސަލް ޓީމު އެކުލަވާލައިފި

ގައުމީ ފުޓްސަލް ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން -- ފޮޓޯ/އަދަދު

މި އަހަރުގެ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ގައުމީ ފުޓްސަލް ޓީމަށް ފަސް ބަދަލެއް ގެނައުމަށް ފަހު، އަންނަ މަހު އޮންނަ ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ރާއްޖޭގެ ޓީމު އެކުލަވާލައިފި އެވެ.

މިފަހަރުގެ ސްކޮޑަށް އަލަށް ނެގި ކުޅުންތެރިންނަކީ ސާމިން މުހައްމަދު ނަސީރު (ސާންކޮ)، ފައްޔާޒް ފަޔާޒް (ފައިއްޓެ)، ޝަނާން ރަޝާދު، ސާދު މުހައްމަދު ނިޒާރު އަދި އިސްމާއިލް ވަޖީހު (ވައްޖެ) އެވެ. މީގެތެރެއިން ވައްޖެއަށް ސާފްގެ ސްކޮޑުން ފުރުސަތު ގެއްލުނީ މިދިޔަ އަހަރު އޮތް ޗައިނާ ކޭމްޕަށް ފަހުގަ އެވެ.

Advertisement
Article Inside

މި ބަދަލުތަކާ އެކު، ސާފްގެ ތަށި ހޯދި ސްކޮޑުން މިފަހަރު ފުރުސަތު ނުލިބުނު ކުޅުންތެރިންނަކީ ހުޒައިފަތު ރަޝީދު (ހުޒޭ)، ހުސެއިން ޝަރީފް (އޮންލީ)، އިބްރާހިމް ނާޖިހު (ހޭޓް)، އަބްދުﷲ ޖުނައިދު (ޖެންނޭ) އަދި އަލީ ހައިޝަމް (ޗުމްޕު) އެވެ.

14 ކުޅުންތެރިންގެ ގައުމީ ސްކޮޑް: މުހައްމަދު އިމްރާން (އިންމި)، އިޝާން އިބްރާހިމް (ސައްޓު)، އަބްދުﷲ ޝާފިއު (ޝާއްޕެ)، އަހުމަދު ހަމީދު (އައްމަޑޭ)، ޒައިދާން އަހުމަދު (އަސޫ)، އަލީ ޝިޔާހު (ޝިޔަޅޭ)، އަހުމަދު ރާހިލް ރަޝީދު (ރާއްކޮ)، އަލީ ޝަމާލް އަބްދުﷲ (ޝަންމު)،  ސާމިން މުހައްމަދު ނަސީރު (ސާންކޮ)، މުހައްމަދު ސާދު ނިޒާރު، ފައްޔާޒް ފަޔާޒް (ފައިއްޓެ)، ޝަނާން ރަޝާދު، އިސްމާއިލް ވަޖީހު (ވައްޖެ)، ހުސެއިން ސުހެއިލް (ސޮކޭ). 

ޗައިނާ މުބާރާތުގައި ވެސް ޓީމަށް އިރުޝާދުދޭނީ އުޒްބެކިސްތާންގެ ކޯޗު ފާރޫކް ޒަކީރޯވް އެވެ. ޓީމުގެ ކެޕްޓަނަކަށް ހަމަޖައްސާފައިވަނީ ރާއްޖޭގެ އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާ އިންމި އެވެ.

މުބާރާތަށް ތައްޔާރުވުމުގެ ޕްރެކްޓިސްތައް ކުރިއަށްދަނީ އެސިސްޓަންޓް ކޯޗުން ކަމަށްވާ އަހުމަދު ނިއާޒް (ނިޔާ) އާއި މުހައްމަދު ފުހެއިދު (ޓޯޑް) ގެ ބެލެމުގެ ދަށުންނެވެ. އިންޑޯ ޕްރެކްޓިސް ހޯދުމަށް ދަތިތަކެއް ދިމާވި ނަމަވެސް، ޓީމު އަންނަނީ ވަރަށް ރަނގަޅަށް ތައްޔާރު ވަމުންނެވެ.

ޗައިނާ މުބާރާތުގައި ރާއްޖެ ކުޅޭ މެޗުތައް:

  • ނޮވެމްބަރު 5: ދެކުނު ކޮރެއާ - ރާއްޖެ

  • ނޮވެމްބަރު 7: ހޮންގް ކޮންގް - ރާއްޖެ

  • ނޮވެމްބަރު 9: ޗައިނާ - ރާއްޖެ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް