ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް: ބިލަތްފަހީގެ މަސައްކަތް ނިމުނުއިރު ފޭދޫގެ މަސައްކަތް ނިމުމާ ގާތަށް
ލިޔުންތެރިޔާ
ފޭދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ކުރިއަށް ދަނީ --
ށ. ބިލަތްފަހީ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ނިމުނުއިރު، އެ އަތޮޅު ފޭދޫގެ ހެލްތު ސެންޓަރުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ނިމުމާ ގާތަށް ޖެހިލައިފިއެވެ.
ކަނޑިތީމު ދާއިރާގެ ޕީއެންސީ ރައީސް މުހައްމަދު ސިނާން ބުނީ ރާއްޖޭގެ ރަށްރަށުގެ ސިއްހީ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތުގެ ދަށުން ސިއްހީ މަރުކަޒުތަކުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް އިމާރާތްކުރާ އެކްސްޓެންޝަން އިމާރާތްތަކުގެ ތެރެއިން އެ ދާއިރާގެ ބިލަތްފަހީގެ އެކްސްޓެންޝަން އިމާރާތް މިހާރު ނިމިފައިވާކަމަށެވެ.

މީގެ އިތުރުން ފޭދޫގައި ބިނާކުރާ އެކްސްޓެންޝަން އިމާރާތުގައި މިހާރު ކުރިއަށް ދަނީ ފިނިޝިންގެ މަސައްކަތްތައްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެގޮތުން އެ އިމާރާތުގެ މުށިޖެހުމުގެ މަސައްކަތް އަދި ދޮރު ހަރުކުރުމުގެ މަސައްކަތް މިހާރު ނިމުމާ ގާތްވެފައިވާކަމަށް ވެސް ސިނާން ވިދާޅުވިއެވެ.
އެ އިމާރާތްތައް ނިމި، އެ އިމާރާތްތައް ބޭނުންކުރަން ފެށުމާއެކު ރައްޔިތުންނަށް ދެވޭ ސިއްހީ ހިދުމަތުގެ ފެންވަރު އެތަށް ގުނައަކުން މަތިކުރެވޭނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް