ޤާނޫނާ އެއްގޮތަށް ބޭރު ފައިސާ މާރު ނުކުރާ ފަރާތްތަކުގެ ނަން ހާމަ ކުރާނެ ކަމަށް ބުނެފި
ލިޔުންތެރިޔާ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އިދާރަ.
ބޭރު ފައިސާއާ ބެހޭ ޤާނޫނާ އެއްގޮތަަށް، ބޭރު ފައިސާ މާރު ނުކުރާ ފަރާތްތަކުން ނަންތައް ހާމަކުރާނެ ކަމަށް ބުނެފި އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފައި ވަނީ ކޮންމެ މިލާދީ މަހެއްގައި ވެސް ބޭރު ފައިސާ އިން ލިބޭ އާމްދަނީ، ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން މާާރުކުރަން ޖެހޭނެ ކަމަށެވެ. އެހެންކަމުން އެ ޤާނޫނަށް ހުރިހާ ފަރާތްތަކުން ވެސް އަމަލު ކުރުމަށް އެމްއެމްއޭ އިން ވަނީ ހަނދާން ކޮށްދީފައި އެވެ.
ހަމައެހެންމެ، ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ބޭރު ފައިސާ މާރު ނުކުރާ ފަރާތްތަކުގެ ނަންތައް، އެކަމަށް ކަނޑައެޅިފައިވާ ގޮތެއްގެ މަތިން ހާމަ ކުރާނެ ކަމަށް ވެސް އެމްއެއެމްއޭ އިން ބުނެފައިވެ އެވެ. ބޭރު ފައިސާއާ ބެހޭ ޤާނޫނުގައި ބުނެފައިވާ ގޮތުގައި، ކޮންމެ މީލާދީ މަހެއްގެ އާމްދަނީ މާރު ކުރަން ޖެހޭނީ، އެ މަހެއް ނިންމި ތިން ވަނަ މަހުގައި އެވެ.
ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ގެނައި އިސްލާޙު އެމްއެމްއޭ އިން ގެޒެޓުގައި ޝާއިއު ކޮށްފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެވެ. ބޭރު ފައިސާ އަށް ގެނެވުނު އިސްލާހު ތަކުގެ ތެރޭގައި ހިމެނެނީ، ރާއްޖޭގެ ކޮންމެ ރިސޯޓަކަށް ވެސް ލިބޭ އާމްދަނީގެ 40 އިންސައްތަ، ރާއްޖޭގެ ބޭންކަކަށް މާރުކުރުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް