ނަރުދޫ ބަނދަރުގެ 67 އިންސައްތަ މަސައްކަތް ނިމިއްޖެ، ހިލަ ޖެހުމުގެ މަސައްކަތްް ކުރިއަށް
ލިޔުންތެރިޔާ
ނަރުދޫ ބަނދަރުގެ މަސައްކަތް ކުރިއަށް ދަނީ ---
ށ. ނަރުދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން ޗެނަލް ފުންކުރުމާއި ހިލަޖެހުމުގެ މަސައްކަތް ކުރިއަށް ދާކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.
އެމްޓީސީސީ އިން ބުނީ ނަރުދޫ ބަނދަރު މަސައްކަތުގެ ދަށުން މިހާރު ކުރިއަށް ދަނީ ޗެނަލް ފުންކުރުމާއި ހިލަ ޖެހުމަށްޓަކައި، ކަނޑުގެ އަޑީގެ ފަސްގަނޑު ތައްޔާރުކުރުމުގެ މަސައްކަތްތައް ކަމަށެވެ.
ނަރުދޫ ބަނދަރު މަރާމާތުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 2022 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.
މި މަޝްރޫއުގެ ދަށުން، 29,038 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 195 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމާއި، 188 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނޭ ކަމަށާއި އަދި އޭގެ އިތުރުން ކޮންކްރީޓް ބްރިޖެއް ހެދުމާއި، ރޭމްޕެއް ހެދުމާއި، ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ބުންޏެވެ
މި މަޝްރޫއަކީ 30.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް