Article Top
ޚަބަރު •

ކުދި ވިޔަފާރިވެރިންނަށް ލުޔެއް، އުފެއްދުންތަކަށް ބޭނުންވާ ސާމާނުން ޑިއުޓީ ކަނޑާލަނީ

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ކުދި ވިޔަފާރިވެރިންނަށް ލުޔެއް، އުފެއްދުންތަކަށް ބޭނުންވާ ސާމާނުން ޑިއުޓީ ކަނޑާލަނީ

"މޯލްޑިވްސް އެކްސްޕޯ 2026"ގެ އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން ---

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން އުފެއްދުންތައް ތައްޔާރުކުރުމަށް އެތެރެކުރާ ތަކެތިން، 5 އަހަރު ދުވަހުގެ މުއްދަތަށް އިމްޕޯޓް ޑިއުޓީ ކަނޑައިލުމަށް. ނިންމައިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިރޭ ބާސެލޯ ނަސަންދުރާގައި ބޭއްވި "މޯލްޑިވްސް އެކްސްޕޯ 2026"ގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ މި ސަރުކާރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ވަރަށް ބޮޑަށް އިސްކަންދޭނެކަމަށެވެ.

Advertisement
Article Inside

އެގޮތުން އެ ވިޔަފާރިތަކުން އުފެއްދުންތެރިކަމުގައި އަދާކުރާ ދައުރު ފުޅާކުރުމަށްޓަކައި ވޭތުވެދިޔަ ތަނުގައި ސަރުކާރުން ގިނަ މަސައްކަތްތަކެއްކޮށް މި އުފެއްދުންތެރިކަމުގެ ދާއިރާއަށް މީހުން ވެއްދުމަށް ވެސް މަސައްކަތްތަކެއް ކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އެ ވިޔަފާރިތައް ފުޅާކުރުމަށް އެ ވިޔަފާރިވެރިތަކުން ރާއްޖެއަށް އެތެރެކުރާ ރޯ މެޓީރިއަލްސްގެ ތެރެއިން ޚާއްސަ ލިސްޓެއް އެކުލަވާލައި، އެ ލިސްޓުގައިވާ ބާވަތްތަކުން ޑިއުޓީ މައާފްކޮށް، އަންނަ ޖެނުއަރީން ފެށިގެން ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ކަނޑައަޅަން ނިންމާފައިވާކަން ވެސް ރައީސް މިރޭ އިއުލާނު ކުރެއްވިއެވެ.

ރޭގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމަށް އެ ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާ ނުލިބި ލަސްވުމުގެ ސަބަބުން ޓެކްސް ދެއްކުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ދައްކަންޖެހޭ ޓެކްސްގެ އަދަދު އެ ފައިސާއިން އަޅާކަނޑައިދިނުމަށް ވެސް ނިންމައިފައިވާކަން އިއުލާނުކުރައްވައިފައެވެ.

ރައީސް ޑރ، މުއިއްޒު ވިދާޅުވީ ސަރުކާރުގެ އެކި މަސައްކަތްތައް ކުރާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ސަރުކާރުން ދޭންޖެހޭ ފައިސާ ލަސްވުމަކީ ޓެކްސް ދެއްކުމުގައި އެ ފަރާތްތަކަށް ބޮޑެތި ދަތިތަކާ ކުރިމަތިވާ ކަމެއް ކަމަށެވެ.

އެހެންކަމުން އެހެންކަމުން އެ ދަތިތައް ހައްލުކުރުމަށް ޓަކައި މުހިންމު ނިންމުންތަކެއް ނިންމަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެ ވިޔަފާރިތަކަށް ލުއި ހޯދައިދިނުމުގެ ގޮތުން ރައީސް ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ދައްކަންޖެހޭ ޓެކްސް ދެއްކުމުގައި އޮފްސެޓް ކުރެވޭނެ ގޮތަށް ހަމަޖައްސަވަން ނިންމަވައިފަ އެވެ. އެއީ ސަރުކާރުން އެ މީހުންނަށް ދޭން އޮންނަ ފައިސާ އާއި އެ ފަރާތްތަކުން ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ އަދަދު އަޅާ ކެނޑުންކަން ފާހަގަ ކުރައްވައި، ރައީސް މުއިއްޒު ވިދާޅުވީ އޭގެ ސަބަބުން ބޮޑު ލުޔެއް ކުދި ވިޔަފާރިތަކަށް ލިބޭނެ ކަމަށެވެ. 

މީގެއިތުރުން ޓެކްސް ދެއްކުމަށް ތްރެޝްހޯލްޑް އަދަދުގެ ގޮތުގައި މިހާރު އޮންނަ އެއް މިލިއަން ރުފިޔާގެ އަދަދު އަންނަ އަހަރުން ފެށިގެން 1.5 މިލިއަން ރުފިޔާއަށް ބަދަލުކުރަން ނިންމަވައިފައިވާކަމަށް ވެސް ރައީސް އިއުލާނުކުރެއްވިއެވެ.

"އިރާދަކުރެއްވިއްޔާ އެކެއް ޖެނުއަރީން ފެށިގެން 1.5 މިލިއަން ރުފިޔާއާ ހަމައަށް ތްރެޝްހޯލްޑް މަތިކުރެވިގެންދާނެ. މިކަމަށްޓަކައި ގާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނާނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާ ގުޅިގެން އެ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުމަށް މަސައްކަތްކުރާކަމަށެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ބައްދަލުކުރައްވާ އެފަރާތްތަކަށް ދިމާވާ ގޮންޖެހުންތައް އޮޅުންފިލުވައި މިހާތަނަށް ބައެއް ހައްލުތައްވެސް ހޯދިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

ސަރުކާރުގެ އަމާޒަކީ އުފެއްދުންތެރިކަމުގައި ދައިރާއިން ރާއްޖޭގައި ޖީޑީޕީގައި ހިއްސާކުރާ މިންވަރު 2030 ވަނަ އަހަރާއި ހަމައަށް 15 އިންސައްތައަށް އިތުރު ކުރުމެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް