Article Top
ޚަބަރު •

ޅައިމަގު ބަނދަރު ނިމުމާގާތަށް، 99 އިންސައްތަ މަސައްކަތް ނިމިއްޖެ

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ޅައިމަގު ބަނދަރު ނިމުމާގާތަށް، 99 އިންސައްތަ މަސައްކަތް ނިމިއްޖެ

ޅައިމަގު ބަނދަރުގެ މަސައްކަތް ކުރިއަށް ދަނީ ---

ށ. ޅައިމަގު ބަނދަރު މަރާމާތުކުރުމުގެ 99 އިންސައްތަ މަސައްކަތް ނިންމައިލައިފިއެވެ.

އެ މަސައްކަތްކުރާ އެމްޓީސީސީއިން ބުނީ އެ މަޝްރޫއުގެ ތެރެއިން މިހާރު ކުރިއަށްދަނީ ބަނދަރު ފުން ކުރުމުގެ މަސައްކަތް ކަމަށެވެ.

Advertisement
Article Inside

މި މަޝްރޫއުގެ ދަށުން، 31،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކޮށް، 350 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލައި، 500 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހައި، 276 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލައި، 1،380 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ވަނީ ހަދައިފައެވެ

ޅައިމަގު ބަނދަރު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަކީ އެރަށު ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެކެވެ. އެރަށުގެ ބަނދަރު ކުޑަވުމުގެ ސަބަބުންނާއި، ބަނދަރު ފަޅު ތިލަވުމުގެ ސަބަބުން ލަފާފުރާ ދޯނިތަކަށް ވެސް ވަރަށް ބޮޑަށް ދަތިވެފައިވެއެވެ. އަދި އެންމެ ޒަމާނީ ފެންވަރަށް ތަރައްގީކުރެވޭ މި ބަނދަރުގެ ސަބަބުން އާއްމު ރައްޔިތުންނަށް ލަފާފުރުމުގައި ބޮޑެތި ލުއި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

މި މަޝްރޫއަށް 56.3 މިލިއަން ރުފިޔާގެ ހަރަދުވާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 9 ޑިސެމްބަރު 2020 ގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް