Article Top
ކުޅިވަރު •

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ކާމިޔާބުކުރީ ޝައްފާނާއި މަލާކް

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ކާމިޔާބުކުރީ ޝައްފާނާއި މަލާކް

ޝައްފާން އަދި މަލާކް -- ފޮޓޯ/ޓޭބަލް ޓެނިސް އެސޯސިއޭޝަން

ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ކުރިއަށް ގެންދިޔަ 31 ވަނަ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ފުރަތަމަ ޑިވިޝަނުގެ ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލާއި މަލާކް ބިންތި މުއިއްޒު ހޯދައިފި އެވެ.

މާލޭ ޓީޓީ ހޯލުގައި ކުރިއަށް ދިޔަ މި މުބާރާތުގެ ފިރިހެން ސިންގަލްސް ފައިނަލުގައި ޝައްފާން ވަނީ ތަޖުރިބާކާރު ކުޅުންތެރިޔާ މޫސާ މުންސިފް އަހުމަދުގެ މައްޗަށް ސީދާ ހަތަރު ސެޓުން ކުރި ހޯދައިފަ އެވެ. ޝައްފާން މި މެޗުގެ ސެޓުތައް ކާމިޔާބުކުރީ 11-2، 11-8، 11-7 އަދި 11-6 އިންނެވެ.

އަންހެން ސިންގަލްސް ފައިނަލުގައި އާއިޝަތު މަލަކް ތަސީންއާ ވާދަކޮށް މަލާކް މޮޅުވީ ވެސް ސީދާ ހަތަރު ސެޓުންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި ފައިނަލް މެޗުގެ ސެޓުތައް މަލާކް ގެންދިޔައީ 11-8، 11-8، 11-9 އަދި 11-8 އިންނެވެ.

މުބާރާތުގެ އިތުރު ވަނަތައް:

  • ފިރިހެން ޑަބަލްސް ޗެމްޕިއަން: މުހައްމަދު ޝައްފާން އިސްމާއީލް އަދި މުހައްމަދު ޚަލަފް ރާފިއު

  • އަންހެން ޑަބަލްސް ޗެމްޕިއަން: މިޝްކާ މުހައްމަދު އިބްރާހީމް އަދި އާއިޝަތު މަލަކް ތަސީން

  • މިކްސް ޑަބަލްސް ޗެމްޕިއަން: މޫސާ މުންސިފް އަހުމަދު އަދި މަލާކް ބިންތި މުއިއްޒު

  • ދެވަނަ ޑިވިޝަން ޗެމްޕިއަން: އަލީ ނިޝާމް (ރަނަރަޕް: އިމްރާން އިބްރާހީމް)

މިދިޔަ މަހުގެ 29 އިން އިއްޔެގެ ނިޔަލަށް ކުރިއަށްދިޔަ މި މުބާރާތުގައި ޖުމްލަ 110 ކުޅުންތެރިން ވާދަކުރިއިރު، މުބާރާތުގައި 365 އަށްވުރެ ގިނަ މެޗު ކުޅެފައިވެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް