Article Top
ޚަބަރު •

ރިސޯޓެއްގައި އެއް ޖިންސުން ކައިވެނި ކޮށްދިން މައްސަލަ ބަލަން ފަށައިފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ރިސޯޓެއްގައި އެއް ޖިންސުން ކައިވެނި ކޮށްދިން މައްސަލަ ބަލަން ފަށައިފި

ޝަހީދު ޙުސެއިން އާދަމް ބިލްޑިންގެ ކުރިމަތި.

ރާއްޖޭގެ ރިސޯޓެއްގައި އެއް ޖިންސުން ކައިވެނި ކޮށްދިން މައްސަލަ، ދިވެހި ފުލުހުންގެ ޚިދުމަތުފެ ފަރާތުން ބަލަން ފަށައިފި އެވެ.

ފުލުހުންގެ ފަރާތުން ބުނެފައި ވަނީ، އެ މައްސަލަ ބަލަމުން އަންނަ ކަމަށާއި، އެއް ޖިންސުން ކައިވެނި ކޮށްދިނުމަކީ ރާއްޖޭގެ ޤާނޫނު ތަކުގައި ހުއްދަ ކަމެއް ނޫން ކަަމަށެވެ. އަދި ރާއްޖޭގެ ދީނަކީ އިސްލާމްދީން ކަމަށްވާއިރު، ދީނީ އަދި އިސްލާމީ ޝަރޫއީ އުސޫލުތަކާ ޚިލާފަށް ރާއްޖޭގެ ޤާނޫނުތަކާއި، އާންމު އިޖުތިމާއި މިންގަނޑު އަދި އަޚުލާޤީ މިންގަނޑުތަކާ ޚިލާފު އަމަލުތައް އެއްވެސް ފަރާތަކުން ނުހިންގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައި އެވެ.

ދާދި ފަހުން ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއެއްގައި ފެންނަނީ، ރާއްޖެ އަށް ޒިޔާރަތްކޮށްގެން އުޅޭ ދެ ފަތުރުވެރިން ރާއްޖޭގެ ރިސޯޓެއްގައި އެއް ޖިންސުން ކައިވެނި ކުރާ މަންޒަރެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެކަން ކުށްވެރިކޮށް، އެ މައްސަލަ ބެލުމަށް ވެސް ގޮވާލާފައި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް