ލ.ގަމުގެ ޔުޓިލިޓީގެ ޚިދުމަތްތަކާ ސްޓެލްކޯ އިން ހަވާލުވެއްޖެ
ލިޔުންތެރިޔާ
ގަމުގެ ޔުޓިލިޓީގެ ޚިދުމަތްތަކާ ހަވާލުވުމަށް ސްޓެލްކޯ އިން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.
ލ.ގަމުގައި ދެމުން އައި ޔުޓިލިޓީގެ ޚިދުމަތްތަކާ ސްޓެލްކޯ އިން ރަސްމީކޮށް ހަވާލުވެއްޖެ އެވެ.
ސްޓެލްކޯ އިން ވަނީ އެ ރަށުގައި ދެމުން އައި ފެނާއި، ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތްތަކާ ރަސްމީކޮށް ހަވާލުވުމަށް ބުރާސްފަތި ދުވަހު ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. އެ ރަސްމިއްޔާތުގައި ޤައުމީ ދިދަ ނަންގަވައި ދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޑޮކްޓަރު ޢަލީ އަޒުވަރު އެވެ. އަދި ސްޓެލްކޯގެ ދިދަ ނަންގަވައި ދެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޢަބުދުﷲ ނާޡިރު އެވެ.
ގަމުގެ ޔުޓިލިޓީ ޚިދުމަތްތަކާއި ސްޓެލްކޯ އިން ރަސްމީކޮށް ހަވާލުވުމަށް ފަހު، ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަޒްވަރު އާއި، ކުންފުނީގެ ބައެއް އިސްވެރިން ވަނީ ގަމުގެ ސްޓެލްކޯ އޮފީހާއި، އިންޖީނުގޭގެ އިތުރުން ފެން ޕްލާންޓަށް ޒިޔާރަތް ކުރައްވާފައި އެވެ. އަދި އެ ޒިޔާރަތުގައި ވަނީ އޮފީހާއި އިންޖީނުގޭގެ އިތުރުން، ފެން ޕްލާންޓުގެ މަސައްކަތްތައް ބައްލަވާލައްވައި، މުވައްޒަފުންނާ ވެސް ބައްދަލު ކުރައްވާފައި އެވެ.
އެ ބައްދަލުވުމުގައި ވަނީ ޚިދުމަތް ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް އޮޅުންފިލުވައި، އެ ކަންކަން ހައްލު ކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައި އެވެ..
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް