ޖުމްހޫރީ ދުވަހާ ގުޅިގެން އަންނަ ބުރާސްފަތި ދުވަހު ސަރުކާރު ބަންދުކޮށްފި
ލިޔުންތެރިޔާ
ރައީސް އޮފީސް --
މި ހިނގާ ނޮވެމްބަރު މަހުގެ 12 ވާ ބުރާސްފަތި ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ކަނޑައަޅުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި، އެމަނިކުފާނު މި ފިޔަވަޅު އެޅުއްވީ ޤައުމީ ޖުމްހޫރީ ދުވަސް ކަމަށްވާ ނޮވެމްބަރު 11 ވާ ބުދަ ދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށް ވެފައި، ވިދިގެން އަންނަ ބުރާސްފަތި ދުވަހަކީ ހަފުތާގެ ބަންދާ ދެމެދު އޮތް ހަމައެކަނި ރަސްމީ ދުވަސް ކަމުގައި ވާތީއެވެ.
އެހެންކަމުން، ބުރާސްފަތި ދުވަސް ބަންދުކުރަން ނިންމެވީ، ހަފުތާ ބަންދުގެ ދުވަސްތަކާއެކު ސަރުކާރުގެ މުވައްޒަފުންނަށް މެދުކެނޑުމެއްނެތި ދިގު ޗުއްޓީއެއް ހޭދަކުރުމުގެ ފުރުޞަތު ފަހިކޮށްދެއްވުމުގެ މަޤްޞަދުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމާ ގުޅިގެން، ޖުމްހޫރީ ދުވަހުގެ ޗުއްޓީއަށްފަހު ސަރުކާރުގެ އިދާރާތަކުގެ މަސައްކަތްތައް އަލުން ފެށޭނީ ފެށޭ ހަފުތާގެ އާދީއްތަ ދުވަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް