ކީއްވެގެ ލަވަޔަކުން ތަންކޮޅެއް، ރީކޯ އާއި ޝީލާގެ ލޯބި އިންތިހާ އަށް!
ލިޔުންތެރިޔާ
"ކީއްވެ" ފިލްމުގައި ރީކޯ މޫސަ އާއި ޝީލާގެ ހަރަކާތް ފެންނަ މަންޒަރެއް.
މި މަހު އޮލިމްޕަހުގައި އަޅުވަން ތައްޔާރުވަމުން އަންނަ "ކީއްވެ" ފިލްމުގެ ލަވައެއްގެ ތަންކޮޅެއް އާންމުކޮށްފި އެވެ.
އޮލިމްޕަހުގައި ކީއްވެ ފިލްމު އަޅުވަން ނިންމާފައި ވަނީ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ. މިއީ ދިވެހިންގެ ތެރެއިން އެތައް ބަޔަކު އިންތިޒާރު ކުރަމުން އަންނަ ފިލްމަކަށްވާއިރު، މިއީ އެތައް ގޮތަކުން ޚާއްސަ ފިލްމެކެވެ.
މި ލަވަ ކިޔާފައި ވަނީ ދިވެހިންގެ ތެރޭގައި މަޝްހޫރު ގިނަ ލަވަތަކެއް ކިޔާފައިވާ މުމްތާޒް މޫސާ އާއި މަރިޔަމް އަޝްފާ އެވެ. ލޯބީގެ އެތައް ވާހަކަ ތަކެއް މި ވާހަކައިގައި ހިމެނިފައިވާއިރު، މޫސާ މަނިކު (ރީކޯ މޫސަ) އާއި ޝީލާ ނަޖީބުގެ ލޯބީގެ މަންޒަރުތައް ފެނެ އެވެ. މި ފިލްމުގެ ޓްރެއިލާގައި ފެނިފައިވާ ގޮތުގައި ހަތަރު ވަނަ ކައިވެންޏެއް ކުރުމަށް، ރީކޯ މޫސަ ޝީލާ ގާތުގައި އަހާ މަންޒަރު ވެސް ފެނެ އެވެ.
މިއީ 25 އަހަރަށް ފަހު ދިވެހިންގެ ތެރޭގައި މަޤުބޫލުކަން ހޯދާފައިވާ މޫސާ މަނިކު (ރީކޯ) 25 އަހަރަށް ފަހު ފިލްމެއްގެ ލީޑު ރޯލު ފެނިގެންދާނެ ފުރަތަމަ ފަހަރެވެ. ރީކޯ މޫސަ އަކީ މީގެ ކުރިން ވެސް އެތައް ފިލްމު ތަކަކުން ދިވެހިންގެ މަޤުބޫލުކަން ހޯދާފައިވާ ފަންނާނެކެވެ.
މީގެ އިތުރުން މިއީ 20 އަހަރުގެ މެދު ކެނޑުމަކަށް ފަހު މަޝްހޫރު ޑައިރެކްޓަރު އީޝާ ޝަރީފް ޑައިރެކްޓުކުރާ ފުރަތަަމަ ފަހަރެވެ. މީގެ ކުރިން ރީކޯ މޫސަ ކުޅެފައިވާ "ފަތިސްހަނދުވަރު" ވެސް ޑައިރެކްޓުކޮށްފައި ވަނީ އީޝާ ޝަރީފް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް