Article Top
ކުޅިވަރު •

ޔޫތު އޮލިމްޕިކްސް: 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގައި ވެސް ލޫތު ވާދަކޮށްފި

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

ޔޫތު އޮލިމްޕިކްސް: 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގައި ވެސް ލޫތު ވާދަކޮށްފި

ލޫތު މިއަދުގެ އިވެންޓްގަ -- ފޮޓޯ/އެމްއޯސީ

ސެނެގޯލްގެ ޑަކާރުގައި ކުރިއަށްދާ ޔޫތު އޮލިމްޕިކްސް 2026 ގެ ފެތުމުގެ ފިރިހެން 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގައި ރާއްޖޭގެ އުއްމީދީ ފެތުންތެރިޔާ ލޫތު މުހައްމަދު ހުސައިން މިއަދު ވާދަކޮށްފި އެވެ.

ޑާކާ އެކުއެޓިކްސް ސެންޓަރުގައި ކުރިއަށްދިޔަ މި އިވެންޓުގެ ހީޓު 2 ގައި ވާދަކޮށް، ލޫތު ރޭސް ނިންމާފައިވަނީ 1 މިނެޓު 11.50 ސިކުންތުންނެވެ. މި ހީޓުގެ 7 ވަނަ ލޫތަށް ލިބުނުއިރު، މިއީ މިދިޔަ އިއްޔެ 200 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގައި ވާދަކުރުމަށްފަހު އޭނާ މި މުބާރާތުގައި ވާދަކުރި ދެވަނަ އިވެންޓެވެ.

ފިރިހެން 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑުވެސް މިހާރު އޮންނީ ލޫތު އަތުގައެވެ. އެއީ މިއަހަރު އޮތް ކޮމަންވެލްތު ގޭމްސްގައި 1 މިނެޓު 10.63 ސިކުންތުން ރޭސް ނިންމައިގެން އޭނާ ހަދާފައިވާ ރެކޯޑެކެވެ. މީގެ އިތުރުން، އިއްޔެ ވާދަކުރި 200 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑުވެސް އޮންނީ އޭނާގެ އަތުގައެވެ.

މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޔޫތު އޮލިމްޕިކްސްގައި ރާއްޖެއިން ބައިވެރިވަނީ ހަމައެކަނި ފެތުމުގެ އިވެންޓުގައެވެ. މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރަނީ ލޫތުގެ އިތުރުން އާމްނާ ތަޒްކިޔާ މިރުސާދެވެ. މިއީ އެފްރިކާ ބައްރުގައި އޮލިމްޕިކްސް ފެންވަރުގެ ބައިނަލްއަގުވާމީ މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް