Article Top
ޚަބަރު •

ފުލުހުންގެ ވަޒީފާ އަށް ހުޅުވާލައިފި، މުސާރަ އަކީ 15،500

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ފުލުހުންގެ ވަޒީފާ އަށް ހުޅުވާލައިފި، މުސާރަ އަކީ 15،500

ފުލުހުންގެ އޮފިސަރުންތަކެއް.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ކޮންސްޓަބަލްގެ ވަޒީފާ އަށް މީހުން ހޯދަން އިއުލާން ކޮށްފި އެވެ.

ދިވެހި ސަރުކާރުގެ ގެޒެޓުގައި ފުލުހުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ، އެ ވަޒީފާގެ އަސާސީ މުސާރައިގެ ގޮތުގައި 8،990 ރުފިޔާ ލިބޭނެ ކަމަށެވެ. އަދި މަޤާމުގެ އެލަވަންސްގެ ގޮތުގައި 6،510 ރުފިޔާ ލިބޭއިރު، އެހެނިހެން އިނާޔަތްތަކާއިި، އެލަވަންސް އަދި ކައުމާއި ބޭސްފަރުވާ ވެސް ލިބޭނެ ކަމަށް ބުނެފައިވެ އެވެ.

މީގެ އިތުރުން ވަޒީފާ އަށް ކުރިމަތިލާ މީހުންގެ ޝަރުތު ތަކުގެ ތެރޭގައި މީލާދީ ގޮތުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ފަރާތެއް ކަމަށް ވާން ޖެހެ އެވެ. އަދި ފިރިހެނަކު ނަމަ، އިސްކޮޅުން 5 (ފަހެއް) ފޫޓު 5 (ފަހެއް) އިންޗި އަދި އަންހެނަކު ނަމަ، އިސްކޮޅުން 5 (ފަހެއް) ފޫޓު 2 (ދޭއް) އިންޗި ހަމަވާން ޖެހޭ ކަމަށް ވެސް ބުނެފައިވެ އެވެ.

ހަމައެހެންމެ، އެސްއެސްސީ އިމްތިހާނުން 2 (ދޭއް) މާއްދާ އިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު، ޖީސީއީ އޯ ލެވެލް އިމްތިހާނުން މަދުވެގެން 2 (ދޭއް) މާއްދާ އިން ދަށްވެގެން "ސީ" ފާސް ހާސިލުކޮށްފައިވުން ނުވަތަ އެއާ އެއްވަރުގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވާން ޖެހެ އެވެ. ނުވަތަ، ގުރޭޑު 10 ނިންމާފައިވުމާއެކު، ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާ އަދާކުރުމަށް ބޭނުންވާނެ ފަދަ ޚާއްސަ ފަންނީ ހުނަރެއް ލިބިފައި ހުންނަން ޖެހެ އެވެ.

މި ވަޒީފާ އަށް ޝައުޤުވެރިވާ ފަރާތްތަކުން މި ހިނގާ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަަހުގެ 16:00 ގެ ކުރިން ހުށަހަޅަން ޖެހޭ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް