ދިވެހި ހަތަރު ރެފްރީން އޭއެޗްއެފް ކޮންޓިނެންޓަލް ބެޖު ހާސިލުކޮށްފި
ލިޔުންތެރިޔާ
އޭއެޗްއެފް ކޮންޓިނެންޓަލް ރެފުރީންގެ ބެޖު ހާސިލުކުރި ރެފުރީން -- ފޮޓޯ/ޕާކިސްތާން ހޭންޑްބޯލް ފެޑެރޭޝަން
އޭޝިއަން ހޭންޑްބޯލް ފެޑެރޭޝަން (އޭއެޗްއެފް) އިން ބޭއްވި ކޮންޓިނެންޓަލް ރެފުރީސް ކޯސް ކާމިޔާބުކަމާއެކު ފުރިހަމަކޮށް، ރާއްޖޭގެ ހަތަރު ރެފްރީއެއް އޭއެޗްއެފް ކޮންޓިނެންޓަލް ރެފުރީންގެ ޝަރަފުވެރި ބެޖު ހާސިލުކޮށްފި އެވެ.
ޕާކިސްތާނުގެ ފައިސަލްއާބާދުގައި މިދިޔަ އޮކްޓޫބަރު މަހުގެ 23 އިން މިއަދުގެ ނިޔަލަށް ކުރިއަށްދިޔަ ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށްފައި ވަނީ، ފާތިމަތު މަލްޝާ، އައިޝަތު ޝިމްލާ، ފަތުހުﷲ ޖަމީލް އަދި އަފްނާން އަހުމަދެވެ.
މީގެ ކުރިން 2023 ގައި ޝިޒްނާ ރަޝީދާއި ރަފާހާ އިބްރާހިމް ވަނީ މި ބެޖު ހާސިލްކޮށްފަ އެވެ.
ރެފުރީންގެ ހުނަރާއި ގާބިލުކަން އިތުރުކޮށް، އިންސާފުކުރުމުގެ މިންގަނޑުތައް ބައިނަލްއަގުވާމީ ފެންވަރަށް މަތިކުރުމުގެ މަގުސަދުގައި ބޭއްވި މި ކޯހުގެ ކާމިޔާބީއަކީ ދިވެހި ހޭންޑްބޯޅަ އާއިލާއަށް ލިބުނު ކުރިއެރުމެކެވެ. މިއާއެކު، ކުރިއަށް އޮތް ތަނުގައި ބައިނަލްއަގުވާމީ ބޮޑެތި މުބާރާތްތަކުގައި އިންސާފުކުރުމުގެ ފުރުސަތު ދިވެހި ރެފުރީންނަށް ފަހިވާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް