ސިފައިންގެ އަސްކަރީ ހުށަހެޅުން ރައީސްގެ ދެކަނބަލުން ބައްލަވާލައްވައިފި
ލިޔުންތެރިޔާ
ސިފައިންގެ އަސްކަރީ ހުށަހެޅުމުގެ ތެރެއިން ---
ރާއްޖޭގެ ނަަސްރުގެ ދުވަހުގެ މުނާސަބަތުގައި މިއަދު، ޖުމްހޫރީ މައިދާނުގައި ކުރިއަށްގެންދިޔަ ސިފައިންގެ އަސްކަރީ ހުށަހެޅުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައްލަވާލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޖުމްހޫރީ މައިދާނަށް ވަޑައިގަތުމުން، އެ ދެކަނބަލުންނާ އިސްތިޤްބާލުކުރެއްވީ، ޑިފެންސް މިނިސްޓަރު ޙަސަން ރަޝީދާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.
މިއަދުގެ ޙަރަކާތްތައް ރަސްމީ ގޮތުން ފެށުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ އަށް ވަނީ ރިޔާސީ ކުރުނީހެއް އެރުވައިފިއެވެ.
އެއަށްފަހު ނަސްރުގެ ދުވަހުގެ މުނާސަބާގައި ތައްޔާރުކޮށްފައިވާ ޢަސްކަރީ ހުށަހެޅުން ވަނީ ދައްކައިލައިފައެވެ.. އެ ޢަސްކަރީ ހުށަހެޅުމަށްފަހު، ކުރިޔަށްދިޔައީ ސިފައިންގެ މިލިޓަރީ ބޭންޑުން ތައްޔާރުކޮށްފައިވާ ހުށަހެޅުމެވެ. އެ ރަސްމިއްޔާތު ނިންމާލުމުގެ ގޮތުން ކުރިޔަށްދިޔަ ޢަސްކަރީ ޙަރަކާތުގެ ބައިވެރިންނާއެކު ނެގި ފޮޓޯއެއްގައިވެސް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޢަބްދުއްރަހީމް ޢަބްދުﷲ އާއި އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދާއި ދައުލަތުގެ ވަޒީރުންނާއި، ދައުލަތުގެ އިސްވެރިންނާއި، ޢިއްޒަތްތެރިން ބައިވެރިވެވަޑައިގަތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް