އިޙްތިރާމް އަދާކުރުމުގެ މަޝްރޫއާ ގުޅޭ ގޮތުން މިނިސްޓަރު ހީނާ، ބަންޑާރަ ނައިބާ ބައްދަލު ކުރައްވައިފި
ލިޔުންތެރިޔާ
މިނިސްޓަރު ހީނާ އާއި ބަންޑާރަ ނައިބު އުޝާމް ބޭއްވެވި ބައްދަލުވުމުގެ ތެރެއިން.
ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ އިސް ނެންގެވުމުގެ މަތިން ސަރުކާރުން ކުރިއަށް ގެންދާ އިޙްތިރާމް އަދާ ކުރުމުގެ ޤައުމީ މަޝްރޫއާ ގުޅޭ ގޮތުން އާޓްސް އެންޑް ކަލްޗާ މިނިސްޓަރު ހީނާ ވަލީދު، ބަންޑާރަ ނައިބު އަޙުމަދު އުޝާމްއާ ބައްދަލު ކުރައްވައިފި އެވެ.
އާޓްސް އެންޑް ކަލްޗާ މިނިސްޓްރީ އިން ހާމަކޮށްފައިވާ ގޮތުގައި، ހޯމަ ދުވަހު މި ބައްދަލުވުން ބާއްވާފައި ވަނީ ބަންޑާރަ ނައިބުގެ އޮފީހުގައި އެވެ. އެ ބައްދަލުވުމުގައި ބަންޑާރަ ނައިބު އުޝާމް ވިދާޅުވެފައި ވަނީ، އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫއު އަކީ ވަރަށް ރަނގަޅު އަދި ބޭނުންތެރި މަޝްރޫއެއް ކަމަށެވެ.
މީގެ އިތުރުން އެ މަޝްރޫއު ކާމިޔާބުކަމާ އެކު ކުރިއަށް ގެންދިޔުމަށްޓަަކައި ބަންޑާރަ ނައިބުގެ އޮފީހާ ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ގުޅޭ ގޮތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައި އެވެ. އެ ބައްދަލުވުމުގައި މިނިސްޓަރު ހީނާ އާއި ބަންޑާރަ ނައިބު އުޝާމްގެ އިތުރުން، އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫއުގެ ކޮމެޓީގެ މެމްބަރުން ވެސް ވަނީ ބައިވެރިވެ ވަޑައިގެންފައި އެވެ.
އާޓްސް އެންޑް ކަލްޗާ މިނިސްޓްރީ އިން އަންނަނީ އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫއުއާ ގުޅިގެން ސަރުކާރުގެ އެކި އެކި އިދާރާތާކައި، ސަރުކާރުގެ ކުންފުނިތަކުގެ އިތުރުން މީޑިއާތަކާ އެކު ވެސް މަސައްކަތް ކުރަމުންނެވެ. މިއީ ރާއްޖެ އަށް ވަރަށް ބޭނުންތެރި އަދި އަޚުލާޤު ރަނގަޅު މުޖުތަމައެއް ބިނާ ކުރުމަށްޓަކައި ކުރިއަށް ގެންދެވޭ ވަރަށް މުހިންމު މަޝްރޫއު އެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް