ދިރާގުގެ ކުރީގެ ޗެއާމަން ރިޟްވާން ޝަރީފް އަވަހާރަވެއްޖެ
ލިޔުންތެރިޔާ
ދިރާގުގެ ކުރީގެ ޗެއާމަން ރިޟްވާާން ޝަރީފް.
ދިރާގުގެ ކުރީގެ ޗެއާމަން ރިޟްވާން ޝަރީފް މިއަދު އަވަހާރަވެއްޖެ އެވެ.
އުމުރުން 72 އަހަރުގައި ރިޟްވާން މިއަދު އަވަހާރަވެފައި ވަނީ، އައިޗީއެމްއެޗްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
ރިޟްވާން ވަނީ ދިރާގުގެ ޗެއާމަންގެ އިތުރުން، ވިލާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމު ވެސް އަދާކުރައްވައިފަ އެވެ. އަދި އޭނާ ވަނީ ފިނޭންސް މިނިސްޓްރީގައި ވެސް ގިނަ ދުވަސް ތަކެއް ވަންދެން މަސައްކަތް ކުރައްވައިފަ އެވެ. އެގޮތުން އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމާއި، ސްޓޭޓް މިނިސްޓަރުގެ މަޤާމު ރިޟްވާން އަދާކުރެއްވި އެވެ.
ދިރާގުގެ ބޯޑަށް ސަރުކާރުގެ ފަރާތުން ރިޟްވާން އައްޔަން ކުރެއްވިއިރު، ޗެއާމަންކަން އޭނާ ކުރެއްވި އެވެ. ނަމަވެސް، 2015 ވަަނ އަހަރުގެ ފެބްރުވަރީ މަހު ރިޟްވާން ވަނީ އެ މަޤާމުން ވަކި ކުރައްވައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް