ޚަބަރު

ބޮޑު ބަދަލު ގުރޫޕުން ނިކުންނެވި ވާހަކަ އާންމުވުމާއެކު، ނަޝީދު އާއި ފައްޔާޒް މެންދުރުގެ ފަރިއްކޮޅެއްގައި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ބޮޑު ބަދަލު ގުރޫޕުން ނިކުންނެވި ވާހަކަ އާންމުވުމާއެކު، ނަޝީދު އާއި ފައްޔާޒް މެންދުރުގެ ފަރިއްކޮޅެއްގައި

ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާއި ފައްޔާޒް މެންދުރުގެ ފަރިއްކޮޅެއްގައި

ބޮޑު ބަދަލު ގުރޫޕް އިން ނިކުންނެވި ވާހަކަ ސޯޝަލް މީޑިއާގައި އާންމުވެފައި ވަނިކޮށް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާއި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގާއި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ ފައްޔާޒް އިސްމާއީލް މެންދުރުގެ ފަރިއްކޮޅަކުން ފެނިއްޖެ އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި "ބޮޑު ބަދަލު" ޖަހާފައިވާ ގުރޫޕް އަކުން ފައްޔާޒް ވަނީ ނިކުންނަވައިފަ އެވެ. އެ މެސެޖުގައި ފައްޔާޒް ލިޔުއްވާފައި ވަނީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެއްވުމުގެ ފުރުސަތު ކޮންމެ މީހަކަށް ވެސް އޮންނަން ވާނެ ކަމަށެވެ. އެއާއެކު އެ ގުރޫޕް އިން ވަކިވެލާ ވާހަކަ ފައްޔާޒް ވަނީ ވިދާޅުވެފައި އެވެ.

އެއާ އެކު ހޮނިހިރު ދުވަހު ކުރެއްވި ޓުވީޓެއްގައި ފައްޔާޒް ވިދާޅުވެފައި ވަނީ، "ބޮޑު ބަދަލު" ނަމުގައި ހަދާފައި އިން ވަޓްސްއެޕް ގްރޫޕަކުން މީގެ ތިން ހަފްތާ ކުރިން އޭނާ ނިކުންނެވި ކަމަށެވެ. ނަމަވެސް އެއީ، އެއީ ބޮޑު ބަދަލާ ގުޅޭ ރަސްމީ ގްރޫޕެއް ނޫން ކަމަށް ވެސް ފައްޔާޒް ވަނީ ވިދާޅުވެފައި އެވެ.

އޭގެ ފަހުން ހޮނިހިރު ދުވަހުގެ މެންދުނު ނަޝީދު އާއި ފައްޔާޒް އެކުގައި ފަރިއްކޮޅެއްގައި ތިއްބަވާ މަންޒަރު ފެންނަ ފޮޓޯ ވަނީ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައި އެވެ. ނަޝީދު އާއި ފައްޔާޒްގެ ސަޕޯޓަރުން އާންމު ކޮށްފައިވާ އެ ފޮޓޯ ތަކުގައި އެ ދެ ބޭފުޅުންގެ އިތުރުން، އެ ބޭފުޅުންގެ އަރިސް ބޭފުޅުން ވެސް ތިއްބެވި އެވެ. އެ ފަރިއްކޮޅު އޮތީ ކެނެރީ ގޭގައި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް