Article Top
ކުޅިވަރު •

ބިސް ބުރު ބަލިކޮށް ވިކްޓަރީ ފޯމުގައި ކުރިއަށް

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

ބިސް ބުރު ބަލިކޮށް ވިކްޓަރީ ފޯމުގައި ކުރިއަށް

ގެރޯ މިއަދުގެ މެޗުގައި ލަނޑު ޖެހުމަށްފަހު -- ފޮޓޯ/އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ބިސް ބުރު ސްޕޯޓްސް ކްލަބާ ވާދަކޮށް ވިކްޓަރީ ސްޕޯޓްސް 3-0 އިން މޮޅުވެއްޖެ އެވެ.

ވިކްޓަރީ އަށް ފުރަތަމަ ހާފުގައި ފުރަތަމަ ލަނޑު ޖަހައިދިނީ އަހުމަދު ރިޒުވާން (ރިޒޭ) އެވެ. ބާކީ ދެ ލަނޑު ވެސް ޖަހާފައި ވަނީ ދެވަނަ ހާފުގަ އެވެ.

Advertisement
Article Inside

އެގޮތުން ދެވަނަ ހާފު ފެށިގެން ފުރަތަމަ މިނިޓުގައި އެޓީމަށް ލީޑު ފުޅާ ކޮށްދިނީ ޑިފެންޑަރު ޝޮކްރުކްބެކް ކޮލްމަޓޯވް އެވެ. އަދި 53 ވަނަ މިނިޓުގައި ތިންވަނަ ލަނޑު ޖަހައިދިނީ އަލްހާޖީ ގެރޯ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް ގެރޯ އެވެ.

ވިކްޓަރީން ދުރަތަމަ ލަނޑު ޖެހުމުގެ ކުރިން ބިސް ބުރަށް ވަނީ ލީޑު ނަގަން ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް ބިދޭސީ ކުޅުންތެރިޔާ އަރޭމޫ ޓިމޮތީ އަށް ލިބުނު ފުރުސަތުގެ ބޭނުން މާ ރަނގަޅަށް ނުހިފުނެވެ. މީގެ އިތުރުން ވިކްޓަރީގެ ނާއިޒް ހަސަން (ދާދު) ބޮލުން ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް ވެސް އަމާޒުވެފަ އެވެ.

ވިކްޓަރީން ތިން ލަނޑު ޖެހި ފަހުން، 58 ވަނަ މިނިޓުގައި އެ ޓީމުގެ ހިސާމް ސަލީމް (ކޮކީ) އަށް ވަނީ ރެފްރީ ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ.

މި ނަތީޖާއާ އެކު ވިކްޓަރީ މިވަގުތު ލީގުގެ އެއްވަނައިގައި އޮތީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހޯދައިގެންނެވެ. އީގަލްސް ތިން މެޗުން ނުވަ ޕޮއިންޓް ހޯދާފައި ވާއިރު ނިއު ރޭޑިއަންޓް ވަނި ތިން މެޗުން ހަތް ޕޮއިންޓް ހޯދައިފަ އެވެ. އަދި އޮޑި ސްޕޯޓްސް ވަނީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިފަ އެވެ.

އެއް މެޗު އިތުރަށް، ހަތަރު މެޗު ކުޅެގެން ހަ ޕޮއިންޓް ހޯދާފައިވާ ބިސް ބުރު މިވަގުތު އޮތީ ފަސްވަނައިގަ އެވެ.

ލީގުގައި މާދަމާ ހަވީރު ގަލޮޅު ދަނޑުގައި މާޒިޔާ އާއި ޓީސީ ބައްދަލުކުރާނެ އެވެ. އަދި ރޭގަނޑު ނިއު ރޭޑިއަންޓާއި އޮޑި ސްޕޯޓޤސް ކްލަބް ބައްދަލުކުރާނެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް